މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

 

އިޢުލާން

މިއޮތޯރިޓީއިން ކޮށްފައިވާމި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.

މަގާމް

ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމް ނަމްބަރު

J-134280

ބޭނުންވާ އަދަދު

01

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމްއެސް 1

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ސޮފްޓްވެއަރ ޑެވެލޮޕްމަންޓް ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

2000/- ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35%

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

1. އޮފީހުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްސަކުރެވިގެންތައްޔާރުކުރެވިފައިވާ ސޮފްޓްވެއަރތަކާއި ޑާޓާބޭސް ބޭނުންކުރުމުގައިދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ޑާޓާ ކަރެކްޝަންހެދުމާއި، ސަޕޯޓް ދިނުން އަދި އޮތޯރިޓީގެ ޑާޓާބޭހުގައި ރައްކާކުރެވޭޑާޓާތައް ބެކަޕް ކުރުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2. އޮތޯރިޓީގެ މަސައްކަތްތައް މުޅިރާއްޖެއަށް ލާމަރުކަޒީ ކުރުމުގެގޮތުންއެހެނިހެން އިދާރާތައް ގުޅުވާލުމުގައި އޮތޯރިޓީގެ ފަރާތުން ކުރަންޖެހޭސިސްޓަމް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތް ކުރުމާއި، ލާމަރުކަޒީކުރުމުގައިބޭނުންކުރުމަށް އެކްސެސް ދެވޭ ސޮފްޓްވެއަރތައް ބޭނުންކުރާނެގޮތުގެ ތަމްރީނުދިނުން.

3 .އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅާޑޮކިއުމަންޓްތައް ހަވާލުކޮށްފައިވާ ތާވަލާއި އެއްގޮތަށް ކައުންސިލްތަކުންހޯއްދެވުމަށްފަހު އެމަޢުލޫމާތު ފަސޭހައިން ފެންނަގޮތަށް ކަނޑައެޅިފައިވާމުއްދަތަށް އާކައިވްކޮށް ބެލެހެއްޓުން.

4. އޮފީހުގެ މަސައްކަތްތަކަށް ޚާއްސަކުރެވިގެން ބޭނުންކުރާ ސޮފްޓްވެއަރތަކުންޔޫސަރ ލެވެލްގައި ލިބެން ނުހުންނަ، އެކިއެކި ތަފާސް ހިސާބު (ސްޓެޓިސްޓިކްސް)، ސެކްޝަންތަކުގެ އެދުމުގެ މަތިން ތައްޔާރުކޮށްސެކްޝަންތަނަށް ފޯރުކޮށްދިނުން.

5. ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) ބޭނުންކުރުމަށްޓަކައިމުވައްޒަފުންނަށް އެކައުންޓް ހެދުމާއި ޖެމްސް ބޭނުންކުރުމުގައި ދިމާވާމައްސަލަތައް ވަގުތުން ހައްލުކޮށްދިނުމާއި، ޙައްލުނުކުރެވޭފަދަމައްސަލަތައް ވަގުތުން ކަމާގުޅޭ އޮފީހަށް ރިޕޯޓްކުރުމާއި، ޖެމްސްބޭނުންކުރުމުގައި އޮފީހުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި،އެން.ސީ.އައި.ޓީ އަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.

6. އޮތޯރިޓީގެ ކޮމްޕިއުޓަރާއި، ކޮމްޕިއުޓަރާއި ގުޅުންހުރި ޕްރިންޓަރ،ސްކޭނަރފަދަ ތަކެތި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ރިޕޯޓްކުރުމުންއެމައްސަލަތައް ވަގުތުން ހައްލުކޮށްދިނުން ނުވަތަ ރިޕެއަރކުރަންޖެހޭހާލަތްތަކުގައި އެކަން ރިޕެއަރ އެންޑް މެއިންޓެނަންސާއި ހަވާލުވެ ހުންނަމުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން.

7. އޮފީހުގެ މަސައްކަތްތަކަށް ތައްޔާރުކުރެވޭ ސޮފްޓްވެއަރގައި ހިމަނަންޖެހޭމައުލޫމާތު ސެކްޝަންތަކުން ހޯދައި، ސޮފްޓްވެއަރ ރިކްއަރމެންޓްސްޕެސިފިކޭޝަން އާއި އެއްގޮތައް މަސައްކަތްކުރޭތޯ މޮނިޓަރ ކުރުމާއި،ކޮމެންޓްސްތައް ކަނޑައެޅިފައިވާ ވަގުތަށް ތައްޔާރުކޮށް، އޮފީހުން ބޭނުންވާފެންވަރަށް މަސައްކަތް ކުރޭތޯ މޮނިޓަރ ކުރުން.

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

 

·         ކޮމްޕިއުޓަރ ސައިންސް އާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

                                                                                                                       

ހުށަހަޅަންޖެހޭ ލިޔުންތައް

 

1.      ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓް www.transport.gov.mv އަދި މިއޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.      ސިވިލް ސާރވިސް އަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.      ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރިމުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެމުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސްޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

-          ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)

އިންޓަރވިއު ކުރުން:

 

 

 

 

ޝޯޓްލިސްޓް ކުރުން:

 

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01  ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  10 ނޮވެމްބަރ 2019 އިން ފެށިގެން 30 ނޮވެމްބަރ 2019 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ނޮވެމްބަރ 2019 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-     ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.

-  މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343425 އަށް ގުޅުއްވުން އެދެމެވެ.

 

29 ޞަފަރު                     1441

28 އޮކްޓޯބަރ                    2019

28 އޮކްޓޫބަރު 2019
ހޯދާ