މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                  އިޢުލާންނަންބަރު:IUL)MMPRC-HR/1/2019/76)

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް ޑިރެކްޓަރ

-  މުސާރަ (މަހަކު) : -/9,600 ރުފިޔާ މަހަކު

-  ސަރވިސް އެލަވަންސް:-/3,200 ރުފިޔާ މަހަކު

-  ޑެއިލީ އެލަވެންސް: -/3,200 ރުފިޔާ މަހަކު

-  އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރި/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު:

ހ.   މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (ނުވަތަ) 

ށ.   މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން  2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (ނުވަތަ) 

ނ.   މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-  ޕްރޮކިއުމަންޓް ސެކްޝަންގެ އެންމެހާ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެމަތިން ރާވާ ކުރިއަށް ގެންދިއުން.

- ކޯޕަރޭޝަންގައި ހިންގޭ އެކިއެކި ފެއަރ، ރޯޑްޝޯ އަދި އެހެނިހެން އިވެންޓް ތަކުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް، ސެކްޝަންތަކުގެ އިސްފަރާތް ތަކުގެ ލަފާގެ މަތީން ހަރުދަނާ ކަމާއި އެކު ކުރިއަށް ގެންދިއުން.  

- ކޯޕަރޭޝަންގެ އެކިއެކި ކަންކަމަށް ބޭނުންވާ ތަކެތި/ޚިދުމަތް ހޯދުމުގައި ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީ، ޤަވާޢިދު އަދި ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ކުންފުންޏަށް ބޭނުންވާ މުދަލާއި ތަކެތި/ޚިދުމަތް ހޯދުމުގެ މަސައްކަތްކުރިއަށްގެންދިއުން.

- ކޮންމެ އަހަރަކު ތައްޔާރުކުރެވޭ ބަޖެޓް އަދި މާކެޓިންގ ޕްލޭންއަށް ޕްރޮކިއުމަންޓުން ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ހުށައެޅުމުގެ އަމަލީ މަސައްކަތްކުރުން.

- ކުންފުނިން ކޮންމެ އަހަރަކު ތައްޔާރުކުރާ ޕްރޮމޯޝަނަލް މެޓީރިއަލްސް ސެކްޝަން ހެޑްގެ ލަފާގެ ދަށުން ނިންމަންޖެހޭ މުއްދަތަށް ނިންމުމުގެ އަމަލީ މަސައްކަތް ކުރުން.

- ކުންފުނިން ރާވާ ހިންގާ އިވެންޓްތަކުގައި ބައިވެރިވުން.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން: 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް

 :ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

:އިތުރު މަޢްލޫމާތު

  • ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

24 އޮކްޓޫބަރު 2019
ހޯދާ