ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ހިރިޔާ ސްކޫލުގެ ވަޅުތަކަށް ފެން ނޭރުމުގެ މައްސަލައާއި ޕަންޕް ސްޓޭޝަނަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރާނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ހިރިޔާ ސްކޫލުގެ ވަޅުތަކަށް ފެން ނޭރުމުގެ މައްސަލައާއި ޕަންޕް ސްޓޭޝަނަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރާނެފަރާތެއްހޯދަން ބޭނުން ވެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ނަންނޯޓް ކުރުން އޮންނާނީ، 2019 އޮކްޓޫބަރ 27 އިން 31  އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް ހިރިޔާ ސްކޫލުގައެވެ.  

މި މަސައްކަތާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2019 ނޮވެމްބަރ 04 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ހިރިޔާ ސްކޫލުގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 2019 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހިރިޔާ ސްކޫލުގައެވެ. 

އަންދާސީ ހިސާބު ހަށަހެޅޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި އެވަނީއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

25  ޞަފަރު 1441

24 އޮކްޓޫބަރު 2019
ހޯދާ