ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫއިން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ކެޓެގަރީ A އަދި ކެޓަގަރީ B ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން

އިޢުލާން

 

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫއިން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ކެޓެގަރީ A އަދި ކެޓަގަރީ B ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން

 ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ޢިމާރާތްކުރެވިފައިވާ 120 ފްލެޓްގެކެޓެގަރީA   އަދި ކެޓަގަރީ B ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން 30 އޮކްޓޯބަރ 2019 ވަނަ ދުވަހު 13:30 ގައި އާބާދީ މަރުކަޒުގައި އޮންނާނެއެވެ. އެގޮތުން ކެޓަގަރީ A ގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ 40 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައެވެ. އަދި ކެޓަގަރީ B ގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ 35 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައެވެ.

އަދި، ކެޓަގަރީ A  ގެ 41 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކާއި ކެޓަގަރީ B ގެ 37 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަކީ ގުރުއަތަށް ނުގޮސް ފްލެޓް ޔަގީން ވެފައިވާ ފަރާތްތަކެވެ. ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން އޮންނާނީ ކެޓަގަރީ A އަދި ކެޓަގަރީ B އިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ފަހުގައެވެ. 

ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެކެޓަގަރީއެއްގެ ދަށުން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގައިވާ ގޮތުގެ މަތިން، ގޯތިގެދޮރާއި ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެއެވެ. އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ފްލެޓް ޙަވާލުކުރެވޭނީ މިކަމާ ގުޅޭގޮތުން އެކެޓަގަރީއެއްގެ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ އުޞޫލާ އެއްގޮތަށެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 އޮކްޓޫބަރު 2019
ހޯދާ