މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ޏ.ފުވައްމުލަކު އިމިގްރޭޝަން އޮފީސް ފޮޅާސާފުކުރުމާ، ކުނިއުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ:  (IUL)94-Q/1/2019/16  އިޢުލާނާއި ގުޅިގެން އަންދަސީ ހިސާބު ހުށައެޅުމަށް ހާޒިރުވެފައި ވަނީ އެންމެފަރާތަކުން ކަމުގައިވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 06 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ. 

23 އޮކްޓޫބަރު 2019
ހޯދާ