މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީއިން ފެރީގެ ޙިދުމަތް ދެމުންގެންދާ އދ. މަހިބަދޫ ރޫޓުގެ ރަށްތަކުގައި ފެރީޓިކެޓު ވިއްކުމަށް އެޖެންޓުކަން ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

        މިކުންފުނީގެ ފެރީގެ ޙިދުމަތް ދެމުންގެންދާ އދ. އަތޮޅު މަހިބަދޫ މާލެ ރޫޓުގައި ދުއްވާ ފެރީގެ ޓިކެޓު ވިއްކުމަށް އެޖެންޓުކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 ނޮވެމްބަރ 06  ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

22 އޮކްޓޫބަރު 2019
ހޯދާ