މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Generetor thah neelan kiyun

އިޢުލާން

ނ.މާފަރު ރައްޔިތުންގެ ޖަނަރޭޓަރުތައް ނީލަންކިޔުމާއި ބެހޭ:

ތިރީގައި މިދަންނަވާ ޖަނަރޭޓަރުތައް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.ވީމާ، ޖަނަރޭޓަރުތައް ގަންނަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ. އަގު ހުށަހަޅުއްވާނީ ސިޓީއަކުން މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލް އިދާރާއަށެވެ. ކޮންމެ ޖަނަރޭޓަރަކަށް ހުށައަޅާ އަގު ވަކިން ބަޔާން ކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށް މި ޖަނަރޭޓަރުތައް ވިއްކާލެވޭނެ ވާހަކަ ދަންނަވަމެވެ.

މޮޑެލް ނަމްބަރ

ކިލޯ ވޯޓު

ޙާލަތު

އެންމެ ދަށް ވެގެން ހުށައެޅޭނެ އަގު

Perkins ( PR60 )

48

ޑައިނަމޯ ސާރވިސްކޮށް ފުލް އޯވަހޯލް ކުރަންޖެހޭ

-/9,000

Cummins

48

އޯވަހޯލް ކުރަންޖެހޭ

/9,000

Cummins

48

އޯވަހޯލް ކުރަންޖެހޭ

/9,000

Yanmar (TF160)

12

އޯވަހޯލް ކުރަންޖެހޭ

-/3,000

 

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6560005 / 9869915 ނަމްބަރ ފޯނާއެވެ. އީ މެއިލް އެޑްރެހަކީ [email protected]  އެވެ.   މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

        23 B 1440

              22 އޮކްޓޯބަރ 2019

22 އޮކްޓޫބަރު 2019
ހޯދާ