މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ފަރާތުން މިރަށު ހުސްނުހީނާގޭގެ އިރުމަތީގައިވާ ހުސްބިމުގައި ގުރުޢާން ކުލާހެއް އެޅުމަށް ބޭނުންވެއްޖެއެވެ.

`

 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

          އުނގޫފާރު، ދިވެހިރާއްޖެ                                 ނަންބަރު: IUL)303-AS/2019/71)           

އިޢުލާން

 މިކައުންސިލްގެ ފަރާތުން  މިރަށު ހުސްނުހީނާގޭގެ އިރުމަތީގައިވާ ހުސްބިމުގައި ގުރުޢާން ކުލާހެއް އެޅުމަށް ބޭނުންވެއްޖެއެވެ.

           މިކައުންސިލްގެފަރާތުން ހުސްނުހީނާގޭ އިރުމަތީގައިވާ ހުސްބިމުގައި ޤްރުޢާން ކުލާހެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ:IUL)303/303/2019/14)  އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބްތައް ބޮޑުކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް ފުރުސަތު ހުޅުވާލަމެވެ.

           ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް އެދޭފަރާތް ތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރ 2019 ވާ އާދިއްތަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. ޤުރުޢާން ކުލާސް އިމާރާތްކޮށް ނިންމައި ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޫބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. ޤުރުޢާން ކުލާސް އިމާރާތްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ މެންބަރ ހުސައިން އާސިފްގެ ނަމްބަރ 9978600 ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

 

  1. ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް އެދި ހުށަހަޅާ އަގަށް      (އަށްޑިހަ މާކުސް) 
  2. މުއްދަތު                                    ( ދިހަމާކުސް) 
  3. މާލީތަނަވަސްކަމަށް                             (ފަސްމާކުސް) 
  4. ތަޖުރިބާއަށް                                 (ފަސްމާކުސް)    

        ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

        23  ޞަފަރު  1441     

        22 އޮކްޓޫބަރ 2019   

22 އޮކްޓޫބަރު 2019
ހޯދާ