ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަފަހަރަށް ކުރެވުނު ނަންބަރު: 198F/2019/85 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ޑިޕާޓްމަންޓްގެ ސްޕެސިފިކޭޝަން އަށް ނުފެތުމާއި ހުށަހަޅާފައިވާ އަގުތައް ބޮޑު ކަމަށް ފެންނާތީ، މި އިޢުލާން ބާޠިލްކޮށް މިތަކެތި ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ.

މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޮކްޓޯބަރ 23 ވާ ބުދަ ދުވަހުގެ 09:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮކްޓޯބަރ 28 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

 މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21  ޞަފަރު 1441

20 އޮކްޓޫބަރު 2019
ހޯދާ