ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހާކޯހެއް ހިންގުމާ ގުޅޭ

ހަފް ޓެއިލާރސްއާއި ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ވަންދޫ ކައުންސިލް ގުޅިގެން މިރަށުގައި ފަހާކޯހެއް ހިންގުމަށް ވަނީ ނިންމާފައެވެ. 1މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިމިވާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު 12:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. މިކޯހުގައި ބައިވެރިވުމަށް ނަންނޯޓް ކުރުމަށް މިކައުންސިލް އިދާރާގެ ނަމްބަރު 6780041 ނުވަތަ 7677117 ނަމްބަރާ ގުޅުއްވުން އެދެމެވެ. މިއިޢުލާނާ ގުޅިގެން އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަމްބަރު 6780041 ނުވަތަ 7677117 ނަމްބަރާ ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

                        ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

20 އޮކްޓޫބަރު 2019
ހޯދާ