މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މިނިސްޓްރީގެ ސެކިއުރިޓީ އޮފިސަރުން އަދި ސަޕޯރޓް ސްޓާފުންގެ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުން:

މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މިނިސްޓްރީގެ ސެކިއުރިޓީ އޮފިސަރުން އަދި ސަޕޯރޓް ސްޓާފުންގެ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުން:  

 

މިމިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިނިސްޓްރީގެ ސެކިއުރިޓީ އޮފިސަރުންނާއި ސަޕޯރޓް ސްޓާފުންގެ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީއަށް ޙާޟިރުވެ ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ޕްރިބިޑް މީޓިންގައި ޙަވާލުކުރެވޭނެއެވެ. އޭގެ ފަހުން މަޢުލޫމާތު ކަރުދާސް ލިބިގަތުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

 

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

20 އޮކްޓޯބަރު 2019 އިން 22 އޮކްޓޯބަރު 2019 ގެ 09:30 އަށް

ޕްރި ބިޑްމީޓިން

މިނިސްޓްރީގެ މީޓިންގރޫމް 1

22 އޮކްޓޯބަރ 2019 ގެ 11:00 އަށް

ބިޑް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގރޫމް 1

24 އޮކްޓޯބަރ 2019 ގެ 13:00 އަށް

 

 

       މިނިސްޓްރީގެ ރިސެޕްޝަން ހުޅުވިފައި ހުންނާނީ ހެނދުނު 09:00 ން މެންދުރު 13:30 އަށެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

       އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020261 ފޯނަށެވެ.

 

21 ޞަފަރު 1441

20 އޮކްޓޫބަރު 2019
ހޯދާ