ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެއަރޕޯޓް ބޭސިކް ފަޔަރމަން ޓްރެއިނިންގ ކޯސް - އިންޑިއާ

އިޢުލާން

އެއަރޕޯޓު ބޭސިކް ފަޔަރމަން ޓްރެއިނިންގ ކޯސް - އިންޑިޔާ

     އިންޑިޔާ ސަރުކާރުގެ އެހީގައި ނިއުދިއްލީ ފަޔަރ ޓްރެއިނިންގ ސެންޓަރގައި 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އެއެއަރޕޯޓު ބޭސިކް ފަޔަރމަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 20 ފުރުޞަތު މިއޮފީހަށް ލިބިފައިވެއެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ މިއޮފީހުން ތަރައްޤީކުރަމުންދާ ތިރީގައި ދެންނެވިފައިވާ އެއަރޕޯޓުތަކުގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތުގައި މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށެވެ.

  1. ހދ. ކުޅުދުއްފުށީ އެއަރޕޯޓު          5 ފުރުޞަތު
  2. ށ. ފުނަދޫ އެއަރޕޯޓު            5 ފުރުޞަތު   
  3. ގދ. މާވަރުލު އެއަރޕޯޓު           5 ފުރުޞަތު
  4. ހއ. ހޯރަފުށި އެއަރޕޯޓު           5 ފުރުޞަތު

ޝަރުތު: ސާނަވީ އިމްތިހާނަކުން އިނގިރޭސި އަދި ހިސާބު މިދެމާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން. އަދި ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުމާއިއެކު، މިމަޤާމަށް ބޭނުންވާ މެޑިކަލް ޓެސްޓް އިން ފާސްވުން. (ސިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން)

     ވީމާ މިޓްރެއިނިންގ ކޯސް ފުރިހަމަ ކުރުމަށްފަހު އިސްވެދެންނެވުނު އެއަރޕޯޓުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިއުމާއިއެކު، 31 އޮކްޓޯބަރ 2019ގެ 14:00ގެ ކުރިން ރީޖަނަލް އެއަރޕޯޓްސް، (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776/ 7993776  އެވެ.

  1. ވަނަވަރު
  2. އައި.ޑީ. ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ލިބިފައިވާ ތަޖުރިބާގެ ރިފަރެންސް
17 އޮކްޓޫބަރު 2019
ހޯދާ