ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

ނަންބަރު:2019/814/އޭ-198

ތާރީޚް: 17 އޮކްޓޫބަރު 2019

 މަޤާމު

 ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް: އެމް.އެސް 3

 ޢަދަދު

 1

 މަސައްކަތްކުރަންޖެހޭ ތަން

 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

 އަސާސީ މުސާރަ

 -/7,035 ރުފިޔާ

 މިމަޤާމަށް ލިބޭ އެލަވަންސް

 - ޖުޑީޝަލް އެލަވަންސް: 3,517/50 (އަސާސީ މުސާރައިގެ %50)

 - ސަރވިސް އެލަވަންސް: -/2,000

 - ލިވިންގ އެލަވަންސް: -/3,000

 - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 އަސާސީ ޝަރުޠު

  1.  މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

 އެހެނިހެން ޝަރުޠު

 1- ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

 2- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 މަޤާމުގެ މަސްއޫލިއްޔަތުތައް

  • މެޖިސްޓްރޭޓް ކޯޓުތަކުން ގެންނަ ކޮމްޕިއުޓަރތައް ޓްރަބްލް ޝޫޓް ކުރުން.
  • އިންހައުސްކޮށް މަރާމާތު ނުކުރެވޭ ތަކެތި މާލިއްޔަތު ޤަވާޢިދާއެއްގޮތަށް ތިންފަރާތުން އަގު ހޯދައި މަރާމާތަށް ފޮނުވުމާއި މަރާމާތު ކޮށްގެން ގެންނަތަކެތި ޗެކްކޮށް ޕްރޮކިއުމަންޓް ސެކްޝަނާއި ޙަވާލުކުރުމާއި މަރާމާތު ނުކުރެވޭ ތަކެތި ނީލަންކިޔުމަށް ޕްރޮކިއުމަންޓް ސެކްޝަނަށް ފޮނުވުމާއި ބަދަލުގައި ހޯދަންޖެހޭ ތަކެތި ހޯދުމަށްޓަކައި ލިސްޓްކޮށް ޕްރޮކިއުމަންޓް ސެކްޝަނަށް  ފޮނުވުން.
  • މެޖިސްޓްރޭޓް ކޯޓުތަކަށް ފޯނުގެ ޒަރިއްޔާއިން އަ.އި.ޓީ އާއިގުޅޭގޮތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  • ޑިޕާޓްމަންޓަށް ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.
  • މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.
  • ޑިޕާޓްމަންޓަށް ގަތުމަށް ބޭނުންވާ އައި.ޓީ އާގުޅޭ ސާމާނުގެ ކޯޓޭޝަން ހޯދުމަށް ތަންތަނަށް ގުޅުމާއި ތަންތަނަށް ދިއުން.
  • ސްޕީރިއަރ ކޯޓުތަކުން އެދިއްޖެ ކޮންމެ ހިނދެއްގައި އެތަންތަނަށް ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ރަސްމީ އީމެއިލް އެޑްރެސް ބޭނުންކުރެވޭނެގޮތް ހަދައިދިނުމާއި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  • ވިންޑޯސް ސަރވަރ އިންސްޓޯލްކޮށް މެނޭޖްކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓްގެ ނެޓްވަރކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ޙައްލުކޮށް ނެޓްވަރކްގެ ޚިދުމަތް މެދުނުކެނޑި ލިބެން ހުންނާނެގޮތަކަށް އިންތިޒާމް ހަމަޖެއްސުން.
  • ޑިޕާޓްމަންޓްގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް ވަކި ހަމައެއްގައި ހުރޭތޯ ބެލުމާއި ސްޕީޑް ދައްވާނަމަ އެކަން ޚިދުމަތް ދޭފަރާތުގެ ސަމާލުކަމަށް ގެނައުމާއި، މައްސަލަ ޙައްލުވަންދެން ގާތުން މޮނީޓަރ ކުރުން.
  • ނެޓްވަރކްގައި ރައްކާކުރެވިފައިވާ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކާމާއިއެކު ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގެ ނެޓްވަރކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލުކޮށް ނެޓްވަރކްގެ ޚިދުމަތް މެދުނުކެނޑި ލިބެންހުންނާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުން.
  • ޑިޕާޓްމަންޓްގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަ ހައްލުކުރުމާއި އިންޓަރނެޓްގެ ކަނެކްޝަން ސްޕީޑް ވަކިހަމައެއްގައި ހުރޭތޯ ބެލުމާއި ސްޕީޑް ދައްވާނަމަ އެކަން ޚިދުމަތްދޭ ފަރާތުގެ ނެޓްވަރކްގައި ރައްކާކުރެވިފައިވާ މަޢުލޫމާތުގެ ބެކަޕް ޤަވާއިދުން ނެގޭނެ އިންތިޒާމް ހަމަޖައްސާ ، ބެކަޕް ނެގޭތޯ ބަލައި، ނެގޭބެކަޕް ރައްކާތެރިކާމާއިއެކު ބެލެހެއްޓުން.
  • އެޓެންޑެންސް، ޑޯއެކްސެސް އަދި ސީސީޓީވީ ކެމެރާ ހަރުކުރުމުގައި އެހީތެރިވުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން.
  • ނެޓްވޯކް މެނޭޖްމަންޓް ސެކްޝަންގެ ހެޑް ޗުއްޓީ ނުވަތަ ސަލާމުގައި ހުންނަވާ ދުވަސްތަކުގައި މެމޯތައް އެޕްރޫވް ކުރުމާއި ސޮއިކުރަންޖެހޭ ލިޔުންތަކުގައި ސޮއިކުރުން.
  • ސެކްޝަން ހެޑްގެ މަޝްވަރާގެ މަތިން ނެޓްވޯކް މެނޭޖްމަންޓް ސެކްޝަންގެ ކަންކަން ރާވާހިންގައި އަދި ބެލެހެއްޓުން

 ތަޢުލީމީ ރޮނގު

ކޮމްޕިއުޓަރ ސައިންސް

 ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮރމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ތަކެތި

 

 

 1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2019 އޮކްޓޫބަރު 31 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851 / 3340853
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: 40 ޕަސެންޓް 
  • މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓް 
  • އިންޓަރވިއު: 30 ޕަސެންޓް 
  • ޕްރެކްޓިކަލް ޓެސްޓާއި ޕްރެޒެންޓޭޝަން: 10 ޕަސެންޓް 
  • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި، ޕަރފޯމެންސަށް: 12 ޕަސެންޓް 

 މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ރާއްޖޭގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • HTML, CSS, JavaScript, Java, VB.NET, Python, PHP, C#, MSSQL, MySQL ފަދަ ލެންގްއޭޖްތައް ބޭނުންކޮށްގެން ޕްރޮގްރާމް ކުރުމާއި ވެބް އެޕްލިކޭޝަން ފަރުމާކުރަން އެނގޭ ފަރާތަކަށްވުން
  • .NET, Laravel, Bootsrap, React, Angular, Spring, Flask ފަދަ ފްރޭމްވޯކްތަކުގައި MVC ނުވަތަ Microservices އާރކިޓެކްޗަރ އާއި އެއްގޮތަށް ފަރިތަކަމާއެކު މަސައްކަތްކުރަން އެނގޭ ފަރާތަކަށްވުން.
  • API ކޮމަން ކޮންސެޕްޓްތަކާއި ސްޓޭންޑާޑްތަކަށް އަހުލުވެރިވުން.
  • Git ކޮންސެޕްޓް، Repository ސްޓްރަކްޗަރއަށް އަހުލުވެރިވުމާއި، ފައިލް، ބްރާންޗް އަދި ޓެގްސް މެނޭޖްކުރަން އެނގުން.
  • Apache, nginx, Microsoft IIS އިންސްޓޯލްކޮށް ކޮންފިގަރ ކުރަން އެނގުން.
  • VMware ESXi, Microsoft Hyper-V ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • މަސައްކަތާއި ގުޅޭގޮތުން ޝަރުޢީކޯޓުތަކާއި އިދާރާތަކުގައި ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
17 އޮކްޓޫބަރު 2019
ހޯދާ