މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މިނިސްޓްރީ އަދި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޕްރޮޖެކްޓްތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި ކްލިޔަރކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. (އެއްއުރަ ކުރެވިފައިވާ ކުރެހުމާއި އެއްގޮތައް)

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާ)  އަށް ވަޑައިގެންދެއްވުން އެދެމެވެ.

އަގު ހުށަހަޅަންޖެހޭ ގޮތް: ޔުނިޓަކަށް ޖެހޭއަގު އިނގޭގޮތަށް

  • މަސައްކަތުގެ މުއްދަތު 01 އަހަރު ދުވަސް ( މިނިސްޓްރީ އަދި ޕްރޮޖެކްތަކުން ރާއްޖެއިން ބޭރުން ގެންނަ މުދާ ކްލިއަރ ކުރުން)

އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނެ ގޮތް

  • އަގަށް 90 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 90 )
  • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. މިފަދަ ގުޅުންހުރި 10 މަސައްކަތް ނިންމާފައިވާ ފަރާތްތަކަށް 10 މާރކްސް ލިބޭނެއެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ބޮޑު ކުޑަމިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
  • ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ އެސް.އެމް.އީ. ސެޓްފިކެޓް ކޮޕީ
  • ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
  • ބ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

17 އޮކްޓޫބަރު 2019
ހޯދާ