މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ 02 އެޖެންސީއެއް ހޯދުމަށް ބޭނުންވެއެވެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

 

1.      ސަރުކާރުގެ ސްކޫލްތަކަށް 2019 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ 02 އެޖެންސީއެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ  ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2.      ބީލަމުގައި ބައިވެރިވުމަށް 200/- (ދުއިސައްތަ) ރުފިޔާ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ  2019 އޮކްޓޫބަރު 16 ން 2019 އޮކްޓޫބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން 12:00 ށް މިމިނިސްޓްރީގެ ފައިނޭންސް ޑިވިޜަނުން (ވެލާނާގެ 08 ވަނަ ފަންގިފިލާ) ނެވެ.

3.      މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv  އިން 2019 އޮކްޓޫބަރު 16 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

4.      މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ދިވެހި ރުފިޔާ (ފަސްހާސް ދިވެހި ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރުން) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ.

5.      މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2019 އޮކްޓޫބަރު 23 ވާ ބުދަ  ދުވަހުގެ  18:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

6.      ޕްރީ ބިޑް މީޓިންގ އޮންނާނީ 2019 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓންގ ރޫމް 01 ގައެވެ.

7.      ބީލަން ހުޅުވުން އޮންނާނީ 2019 ނޮވެންބަރު 05 ވަނަ ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 03 ގައެވެ.

8.       އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯން    : 3341436

އީމެއިލް  : [email protected]

ކޮޕީ    : [email protected]

15 އޮކްޓޫބަރު 2019
ހޯދާ