ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ސުކޫލަށް ކުދިން ވެއްދުމާއި ގުޅޭ

2020 ވަނަ އަހަރަށް މިސުކޫލުގެ އެލް.ކޭ.ޖީއަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި މިދަންނަވާފައިވާ ގޮތުގެ މަތިން އަމަލުކުރައްވަމުން ގެންދެވުން އެދެމެވެ.

  • އޮކްޓޯބަރު މަހުގެ 13 އިން 24 އޮކްޓޯބަރ 2019 އާއި ދެމެދުގެ ދުވަހެއްގައި އެޕްލިކޭޝަން ފޯމު ނެންގެވުން.
  • ފޯރމްތައް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ކޮނޑޭ ސުކޫލުއިންނެވެ.
  • ފޯމް ފުރުއްވައި އޮކްޓޯބަރ 22 އިން 05 ނޮވެމްބަރ 2019 އާއި ދެމެދު ސުކޫލަށް ހުށަހެޅުން.
  • ފޯމާއެކު، މިދަންނަވާ ތަކެތި ހުށަހެޅުއްވުން.

އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި އޭގެ ފޮޓޯ ކޮޕީއެއް ނުވަތަ އައިޑީކާޑުގެ އަސްލާއި އޭގެ ކޮޕީއެއް.

ބެލެނިވެރިޔާގެ އައިޑީކާޑުގެ ކޮޕީ

ވެކްސިން ކާޑު

ސްޓޭމްޕް ސައިޒްގެ 3 ފޮޓޯ

      އަދި ދަންނަވަމެވެ. ސުކޫލަށް ދަރިވަރުން ވެއްދުމުގައި 2019 ޑިސެމްބަރ އަށް 4 އަހަރު ފުރިފައިވާ ކުދިންނަށެވެ. 2020 ވަނަ އަހަރުގެ މާރިޗް 31ގެ ނިޔަލަށް 4 އަހަރު ފުރޭ ދަރިވަރުންނަށް ޖާގަ ދެވޭނީ މަތީގައި ދެންނެވުނު އުމުރުފުރާގެ ދަރިވަރުންނަށް ޖާގަ ދިނުމަށްފަހު، ޖާގަ ހުރި މިންވަރަކުންނެވެ.

14 އޮކްޓޫބަރު 2019
ހޯދާ