މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

 މަޤާމް:

އެސިސްޓެންޓް ކްރެޑިޓް އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

ކްރެޑިޓް ގެރެންޓީ ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އެކައުންޓިން ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް އާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުއާމަލާތް ކުރަން އެނގުން.
  • ވަޒީފާ ހަމަޖެއްސުމުގައި ކްރެޑިޓް އެނަލިސިސްއާގުޅޭ މަސައްކަތްކުރަށްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކްރެޑިޓް ގެރެންޓީ ސްކީމާ ގުޅޭގޮތުން ލިބޭ އެޕްލިކޭޝަންތައް ބަލައިގަނެ، އެނަލައިޒްކުރުން އަދި މެނޭޖްމަންޓަަށާއި ކަމާގުޅޭ އިދާރާތަކަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން.
  • އެފޯޑަބަލް ހައުސިން ސްކީމްގެ މަސައްކަތާ ގުޅޭގޮތުން ލިބޭ ރިޕޯޓްތައް އެނަލައިޒްކުރުން އަދި މެނޭޖްމަންޓަަށާއި ކަމާގުޅޭ އިދާރާތަކަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން.
  • ކްރެޑިޓް ގެރެންޓީ ސްކީމާއި އެފޯޑަބަލް ހައުސިން ސްކީމްގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.

 

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، އެކައުންޓިންގ، ޤާނޫނީ ދާއިރާ ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުއާމަލާތް ކުރަން އެނގުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ކުރަންޖެހޭ މުއާމަލާތްތައް ކުރުން.
  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށް ގާނޫނުތަކަށާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެހީތެރިވެދިނުން.

 

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކުރާ ރިޕޯޓްތައް ޕަބްލިޝް ކުރުމުގެ މަސައްކަތާއި އިންޓަރނަލް އޮޑިޓަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިދާރީ މަސައްކަތްތައް ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ކްރެޑިޓް އިންފޮމޭޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ބިޒްނަސް އާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުއާމަލާތް ކުރަން އެނގުން.
  • ވަޒީފާ ހަމަޖެއްސުމުގައި ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާއާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކްރެޑިޓް އިންފޮމޭޝަން ސެކްޝަނަށް ލިބޭ ކުރެޑިޓް ޑާޓާ ޗެކްކޮށް ޑާޓާ ގެ ސައްހަކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން  އަދި ޑާޓާއާ ބެހޭ ރިޕޯރޓްތައް ތައްޔާރު ކުރުން.
  • ކްރެޑިޓް އިންފޮމޭޝަންގެ ކަންކަމާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމުގައާއި ސެކްސަންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.

 

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން  އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި މާލީ ދާއިރާ އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ތަޢުލީމާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ސްވިފްޓް ސިސްޓަމްއާ ގުޅޭ އިދާރީ މަސައްކަތްތައް ސުޕަވައިޒްކުރުމަށް އެހީތެރިވުން

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ޑިވިޜަން:

ބޭންކިން ސުޕަރވިޝަން ސެކްޝަން / ބޭންކިން ސުޕަރވިޝަން ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބޭންކިން،އެކައުންޓިން، ސްޓެޓިސްޓިކްސް ނުވަތަ މިނޫންވެސް ފައިނޭންސްގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި މާލީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:

  • ބޭންކްތައް ސުޕަވައިޒުކޮށް ރެގިއުލޭޓް ކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް. 

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

22 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ 15:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

14 އޮކްޓޫބަރު 2019
ހޯދާ