ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންނުރާ ބައެއް ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-LOG/IUL/2019/066                                                                                                                                  

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންނުރާ ބައެއް ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތް

  1. 04 އޮގަސްޓް 2019 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއިނެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންނުރާ ތިރީގައި ބަޔާންކޮށްފައިވާ ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނައި (ނަންބަރ WAMCO-LOG/IUL/2019/059) ގުޅިގެން، 29 އޮގަސްޓް 2019 ވި ބުދަ ދުވަހުގެ 00:13 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި އެއްވެސް ފަރާތަކުން ބައިވެރިވެވަޑައިނުގަތުމާ ގުޅިގެން (ނަންބަރ WAMCO-LOG/IUL/2019/059) ބާތިލްކޮށް އަލުން އިއުލާން ކުރަމަވެ.

1.1.     Excavator (SK 330)

1.2.    Excavator (SK 200)

1.3.     Caterpillar Wheel Loader (914G)   

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މައުލޫމާތު ކަރުދާހާއި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

ތާރީޙު

ގަޑި

ތަން

މައުލޫމާތު ދިނުން

17 އޮކްޓޯބަރ 2019 (ބުރާސްފަތި)

15:00

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް މީޓިންގ ރޫމް

އަންދާސީ ހިސާބު ހުށަހެޅުން

29 އޮކްޓޯބަރ 2019 (އަންގާރަ)

15:00

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

29 އޮކްޓޯބަރ 2019  ވާ އަންގާރަ ދުވަހުގެ މެންދުރު 15:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ، ފެކްސް ނަންބަރު:  3000584 

[email protected]

15 ސަފަރު 1441

14 އޮކްޓޯބަރ 2019

                                                        

14 އޮކްޓޫބަރު 2019
ހޯދާ