މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު:

J-289981

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިވިޜަން/ސެކްޝަން:

ޑިސްއެބިލިޓީ ރައިޓްސް އެންޑް ވެލް-ބީންގ ޑިވިޜަން

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/1762.60 ރުފިޔާ (ޓެކްނިކަލް ކޯ އެލަވެންސް)
  • ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ތަފާތުކުރުންތަށް ނައްތާލުމަށާއި، އެ މީހުންނަކީވެސް މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދާނެ ބަޔަކަށް ހެދުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތް ތަކާގުޅިގެން ކުރުންމާއި، ކަށަވަރުކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޤާނޫނާއި ޤަވާޢިދާ އެއްގޮތުގެ މަތިން ޢަދުލު އިންސާފާއި، ހަމަހަމަކަން އަދި ސުލްޙަ މަސްލަސްކަން ދިމިޤުރާތީ ވެރިކަމެއްގައި ދަށުން ހޯދާދިނުމާއި ކަށަވަރުކުރުމުގެ މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޤާނޫނީ ގޮތުން ލިބިދޭޖެހޭ ހައްޤުތަށް ކަށަވަރުކުރުމާއި، ހޯދާދިނުމަށް މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރުން.
  • މުޖުތަމަޢުގައި ދިރިއުޅޭ އެހެން އަފްރާދުންނެކޭ އެއްފަދައިން ތަފާތު ކުރުމެއް ނެތި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ދެނެގަނެ އެ ފަދަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކަކީ ކޮބައިކަމާއި، ލިބިފައިވާ ޚާއްޞަ ހުނަރުތަކަކީ ކޮބައިކަމާއި އަދި މުޖުތަމަޢު ތަރައްޤީ ކުރުމުގައި އެފަދަ ފަރާތްތަކުގެ ދައުރަކީ ކޮބައިކަމާއި ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް އިސްނަގައިގެން ގުޅުޅުންހުރި މުއައްސަސާތްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކާ ގުޅިގެން ރާވާ ހިންގުން.
  • ނުކުޅުދުންތެރިކަން ދެނެގަތުމާއި، ނުކުޅުދުންތެރިކަމުން ރައްކާތެރިވުމާއި، ނުކުޅުދުންތެރިކަމަށް ފަރުވާހޯދުމާއި، ނުކުޅުދުންތެރިކަން މެނޭޖުކުމާއި ބޭހޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގުމަށް ރައްރަށަށް ދަތުރުކުމާއި، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ތަފާތު ޕްރޮގުރާމްތަށް، ގުޅުންހުރި ދާއިރާތަކާއި ގުޅިގެން ރާވާ ހިންގުން.
  • ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިންނާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދޭ ޙައްޤުތަކާބެހޭގޮތުންނާއި، ވަޒީފާއާއި، ސިއްހީގޮތުންނާއި، ތައުލީމީގޮތުންނާއި، އިޖުތިމާއީގޮތުން ލިބެންހުރި ފުރުސަތުތަކާއި، ޙިދުމަތްތަކާއި ގުޅޭގޮތުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ މެދުގައި ހޭލުންތެރި ކުރުމުގެ މަސައްކަތް އިސްނަގައިގެން ގުޅުޅުންހުރި މުއައްސަސާތްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކާ ގުޅިގެން ރާވާ ހިންގުން.
  • ސްކޫލް/މަދަރުސާ ތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އުފެއްދުމަށް އެކި ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ދާއިރާގައި މަސައްކަތްކުރާ ޓެކްނިކަލް ފަރާތްތަކަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭގޮތުން، މަޢްލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ލިބެން ހުރި ޚިދުމަތްތަކާއި، މުހިންމު މަޢުލޫމާތުތަކާއި، އެފަދަ ފަރާތްތަކަށް އަމާޒުކޮށް ރޭވިގެން ހިންގަމުން ދާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން އެންމެ ތާޒާ ފުރިހަމަ މަޢުލޫމާތުއެފަދަ ފަރާތްތަކަށާއި، އެފަދަ ފަރާތްތަށް ހިމެނޭ ޢާއިލާތަކަށާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި މުޖުތަމަޢުގައި މަސައްކަތް ކުރާ ފަރާތްތަކަށާއި، ޖުމްލަކޮށް މުޅި މުޖުތަމަޢުއަށް ލިބޭނެ ގޮތަށް އިންތިޒާމްކުރުމުގެ މަސައްކަތާއި،  އަދި މިފަދަ މުހިއްމު މަޢުލޫމާތުތައް ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރުން.
  • ޔޫ.އެން.ސީ.އާރު.ޕީ.ޑީގެ ރިޕޯޓް ލިޔުމާއި، ތައްޔާރުކުރުމާއި، ރިޕޯޓްކުރުމުގެ އެންމެހާ މަސައްކަތް ޕޮލިސީ ޑިވިޝަނާއި ގުޅިގެން ކުރުން.
  • ނުކުޅުދުންތެރިކަން ހުންނަ މީހުންނާއި ގުޅޭގޮތުން ސިޔާސަތުތަކާއި، ޤަވާޢިދު ތަކާއި، ގައިޑްލައިންތައް އެކުލަވާލުމާއި، މުރާޖާކުރުމާއި، ތަންފީޒުކުރުވުމުގެ މަސައްކަތްކުރުމާއި، ސިޔާސަތާއިބެހޭ މަޢުލޫމާތު ޢާންމުކޮށް، މުޖުތަމަޢުއަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީގެ ޕްލޭނިން ސެކްޝަނާ ގުޅިގެން ކުރިއަށް ގެންދިއުން.
  • ނުކުޅުދުންތެރިކަން ހުންނަ މީހުންނާއި ގުޅުންހުރި މަޢުލޫމާއިތާ، ޤާނުނުތަކާއި ޤަވާއިދުތަކާއި މިނޫންވެސް މުހިންމު ލިޔެކިޔުންތައް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަކޮށް، އޯޑިއޯ ރިކޯޑިން ހެދުމުގެ މަސައްކަތްކުރުން.
  • މިނިސްޓްރީއަށާއި، ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކަށް ހުށަހެޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކޭސްތައް ބަލައިގަތުމާއި އެކަމާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ، އާމައްސަލަތަކާއި (އިމާޖިން އިޝޫސް) މިހާރު ހުރި މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ ދާއިރާތަކާއި، ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި ކުޑަކުދިންނަށް ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ ގޮތުން ލިބޭ ހާނިއްކަތަކާއި ބެހޭ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށާއި މިކަންތައްތަކުން އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ޕްރޮގްރާމްތައް ފަރުމާކޮށް ރާވާ ހިންގުން.
  • ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޖިންސީ ދުޅަހެޔޮކަމާއި ބެހޭގޮތުންނާއި، ޢާއިލާ ރޭވުމާއި ބެހޭގޮތުންނާއި އަދި މާބަނޑުދުވަސްވަރު ލިބެންޖެހޭ ދުޅަހެޔޮކަމުގެ މަޢުލޫމާތު ތަފާތު ނުކުޅެދުންތެރިކަމަށް ރިޢާއަތްކޮށް އެކްސެސިބަލް ވެވޭނެފަދަ ގޮތަކަށް ބައްޓަންކޮށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ލިބޭ ޖިސްމާނީ އަދި ޖިންސީ އަނިޔާތަކާއި ބެހޭ މަޢުލޫމާތު އެމީހުންނަށް ފޯރުކޮށްދިނުމާއި އަދި މިފަދަ ޙާލަތްތަކުގައި އެމީހުންނަށް އޮންނަ ޙައްޤުތަކާއި އަދި މިފަދަކަންތައްތައް ދިމާވެއްޖެނަމަ އަޅާނެފިޔަވަޅުތަކާބެހޭގޮތުން އެހީތެރިވެ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި ތަމްރިން ޕްރޮގްރާމް ފަދަ ކަންކަން ރާވައި  ހިންގުމާއި، މައުލޫމާތު ކަރުދާހާއި ޕްރެޒެންޓޭޝަން، ލީފްލެޓްސް ،ޕޯސްޓަރ ތައްޔާރު ކުރުމުގައި އެހީތެރިވުމާއި ކަމާއި ގުޅޭ ރިޕޯޓް ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް:

ކައުންސެލިންގ، ސޯޝަލް ވޯރކް, ސޯޝިއޮލޮޖީ، ސައިކޮލޮޖީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019އޮކްޓޫބަރު ނުވަތަ ނޮވެންބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

14 ޞަފަރު 1441ހ

13 އޮކުޓޫބަރު 2019މ

 

13 އޮކްޓޫބަރު 2019
ހޯދާ