ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް – ޑިސިޕްލިނަރީ ކޮމިޓީ މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލުން

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައި ބަޔާން ކުރެވިފައިވާ، ސަބްކޮމިޓީ ތަކުގެ ތެރެއިން ޑިސިލިނަރީކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް 2019 އޯގަސްޓް 18ވަނަ ދުވަހު ފުރުސަތު ހުޅުވާލުމުން، މެންބަރުކަމަށް ޝައުވެރިކަން ފާޅުކުރަށްވާފައިވާ ބޭފުޅުންގެ އަދަދު ހަމަވެފައިނުވެއެވެ.

ވީމާ، 2019 އޮކްޓޯބަރ 13ވަނަ ދުވަހުން ފެށިގެން 2019 އޮކްޓޯބަރ 21ވަނަ ދުވަހުގެ 13:00 ގަޑިސުންމިނެޓް ގެ ކުރިން، ކުރިމަތިލެއްވުމަށް ބޭނުފުޅުވާ ފަރާތުގެ ވަނަވަރު ހިމެނޭގޮތަށް، މި އެސޯސިއޭޝަންގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރަށްވާނަމަ،[email protected]  ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މިޢިއުލާން ގައި ބުނެވިފައިވާ، ޝަރުތު އަދި ހުށަހަޅަންޖެހޭ ލިޔުންތަށް ހަމަނުވާނަމަ، ހުށަހެޅުންތަށް ބާތިލްވާނެ ވާހަކަދެންނެވީމެވެ. ކޮމިޓީއަށް އައްޔަނު ކުރާނީ 3 (ތިނެއް) މެންބަރުން ނެވެ.

 

ޝަރުތު:

1- ދިވެހިރައްޔިތެއް ކަމުގައިވުން

2- ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރުދީ މެންބަރެއް ކަމުގައި ނުވުން

 

ހުށަހަޅަންޖެހޭ ލިޔުންތަށް:

1- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެ ސާފު ކޮޕީއެއް

2- ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް (ފޮޓޯ ނެގިފަހުން 3 މަސްހަމަނުވާ)

 

އިތުރު މަޢުލޫމާތު ހޯއްދުމަށް ގުޅާނީ 7812226 ނަންބަރު ފޯނާއެވެ.

13 އޮކްޓޫބަރު 2019
ހޯދާ