ކާށިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޝަތު (އެޓެންޑެންޓް)

ނަންބަރު(IUL)H1-HC/2019/16):

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

އެޓެންޑެންޓް

މަޤާމުގެ ނަންބަރު

J-241425

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގ2

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން

މަޤާމު އޮތް އޮފީސް

ކ.ކާށިދޫ ޞިއްހީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ކ.ކާށިދޫ ޞިއްހީމަރުކަޒު

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

1000/- ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1200.00 ރ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. ޞއްޙީމަރުކަޒުގެ ކްލިނިކަލް އޭރިއާތަށް ސާފުކޮށް ބެލެހެއްޓުން. ކޮންމެ ޑިއުޓީއެއްގައި އިމާރާތުގެ އެތެރެ ކުނިކަހާ މޮއްޕުލާ ސާފުކުރުމާއި ޑްރެސިން ރޫމް،ލެބޯޓްރީ، ވިއްސާކޮޓަރި،ނާރސް ސްޓޭޝަން،ޓީ ރޫމްގެ ސިންކުތަށް ސާފުކުރުން
  2. އެނދުމަތި ކުރެވޭ ބަލިމީހުންނަށް ފަރުވާދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން އަންގަވާގޮތެއްގެ މަތިން އެހީތެރިވެދިނުމާއި  ބަލިމީހުންނަށް އޯގާތެރިވުމާއި އިޙްސާންތެރިވުން.
  3. ޞިއްހީމަރުކަޒުގެ މެސިނަރީއާއި އިކްވިޕްމަންޓްސް އަދި އެކި އެކި މަސައްކަތަށް ބޭނުންކުރާ ޓޫލްސް ސާފުކޮށް ބެލެހެއްޓުން.
  4. ޞިއްޙިމަރުކަޒުގެ އޮޓޯކްލޭވް ކުރަންޖެހޭ ތަކެތި ނަރުހުން އަންގަވާގޮތެއްގެ މަތިން އޮޓޯކްލޭވްކުރުމާއި މަސައްކަތުގެ ފެންވަރު ހިފެހެއްޓުން.
    ޞިއްޙީމަރުކަޒުގެ ފުރާޅުތަކާއި ދިޔަދޮވިތަށް ސާފުކޮށް ބެލެހެއްޓުން.
  5. ޞިއްޙީމަރުކަޒުގެ ފާޙާނަތަށް  ސާފުކޮށް ބެލެހެއްޓުން
  6. ބަލިމީހުންނަށް ބޭނުންކުރާ ގައުން، ބެޑްސީޓް، ބާލިސްއުރަ، ދޮރުފޮތި ފަދަތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން.
  7. މީގެ އިތުރުން ޞިއްޙީމަރުކަޒުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް

ލިޔަން ކިޔަން އެނގުން. (ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ކ.ކާށިދޫ ޞިއްހީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ލިބެންހުންނާނެއެވެ)
  2. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސްކޮލިފިކޭޝަންއޮތޯރިޓީންފެންވަރު/ލެވަލްކަނޑައަޅާފައިވާ،ރާއްޖެއިންބޭރުގެމަތީތަޢުލީމުދޭމަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކާއިޓްރާންސްކްރިޕްޓްގެކޮޕީ؛ ނުވަތަކޯސްފުރިހަމަކުރިކަމުގެލިޔުމާއެކުކޯހުންލިބޭސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަކުންފުންޏެއްނުވަތައަމިއްލައިދާރާއެއްގައިވަޒީފާއަދާކޮށްފައިވާނަމައަދާކޮށްފައިވާވަޒީފާ،ވަޒީފާއަދާކުރިމުއްދަތާއި،ވަޒީފާގެމަސްއޫލިއްޔަތުއަދިމަސައްކަތްކޮށްފައިވާތަނުގެމުވައްޒަފުންގެއަދަދުބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1- ތަޢުލީމާއި ތަމްރީނު (ލިބިފައިވާ ތައުލީމާއި، މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން )

2-  އިމްތިޙާން ( ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްއެދޭ އިމްތިހާން )

3- މަސައްކަތުގެ ތަޖުރިބާ ( މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ )

4- ލިބިފައިވާ ހުނަރު ( އިންޓަރވިއު ޕްރެކްޓިކަލްސް )

* ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުންލިބުނު ޕްއިންޓްގެ ޖުމްލަ %35 ( ތިރީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

* ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓުންwww.health.gov.mv  ލިބެން ހުންނާނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،25 އޮކްޓޯބަރ 2019 އާއި 31 އޮކްޓޯބަރ 2019 އާއި ދެމެދު ކާށިދޫ ޞިއްހީމަރުކަޒުގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން، ކ.ކާށިދޫ ޞިއްހީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިމަރުކަޒުގެ  އީމެއިލް[email protected] އަދި ފެކްސް ނަންބަރު  6640127 މެގުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިންސަރުކާރުންއަލަށްބަންދުދުވަހެއްކަނޑައަޅައިފިނަމަ،އެކަނޑައަޅާދުވަހުގެއަދަދަށްވަޒީފާއަށްއެދޭފޯމުބަލައިގަނެވޭނެއެވެ

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާއިގުޅިގެންމަޢުލޫމާތުސާފުކުރެއްވުމަށްގުޅުއްވާނީ 6640127 ނަންބަރު ފޯނަށެވެ. އީމެއިލްއެޑްރެހަކީ[email protected]އެވެ.

13 އޮކްޓޫބަރު 2019
ހޯދާ