މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

މި މިނިސްޓްރީގެ ތިރީގައި މިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

01. މަގާމް

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް ނަމްބަރު:

J-271137

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފޮރިން އިންވެސްޓްމެންޓް ރެޖިސްޓްރީ ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް : -/900 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހާޅާ ފޮރިން އިންވެސްޓްމަންޓް ތަކާއި ބެހޭ އެޕްލިކޭޝަންތައް ބަލައި، އެމަސައްކަތާއި ގުޅުންހުރި ސިޓީތަކާއި އީމެއިލް ތަކަށް ޖަވާބު ދިނުން.
  2. ފޮރިން އިންވެސްޓްމަންޓް ޔުނިޓްގެ މަސައްކަތްތައް ރާވައި ހިންގާ، ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާއި މަސައްކަތްކުރާ މުވައްޒަފުން ތަމްރީންކުރުން އަދި ޕްރޮބޭޝަން ޕީރިއަޑުގައި މަސައްކަތުގެ ފެންވަރު ބެލުން.
  3. ސެކްޝަން ހެޑް/ސުޕަވައިޒަރ ޙަވާލުކުރާ މަޤާމާ އެކަށީގެންވާ އެހެނިހެން މަސައްކަތްތައް ކުރުން.
  4. ކޮންމެ އަހަރެއް ނިމޭތާ 5 ދުވަހުގެ ތެރޭގައި، މިނިސްޓްރީގެ އަހަރީ ރިޕޯޓުގައި ސެކްޝަންގެ މަސައްކަތްތައް ހިމެނުމަށް، ޚުލާސާ ރިޕޯޓު ތައްޔާރުކޮށް، ސުޕަވައިޒަރާ ހިއްސާ ކުރުން.
  5. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.
  6. ޔުނިޓްގެ މުވައްޒަފުންގެ ހާޒިރީ މޮނިޓަރކުރުން.
  7. ފޮރިން އިންވެސްޓްމަންޓާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް އެދި ޒިޔާރަތްކުރާ ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދިނުން.
  8. އެކިއެކި ދާއިރާ ގައި އިންވެސްޓްކުރުމަށް ބޭރުގެ ފަރާތްތަކުން ހުށަހަޅަ އެޕްލިކޭޝަންތައް ޗެކްކޮށް އެޕްރެއިސަލް ތައްޔާރުކުރުން އަދި ރަޖިސްޓްރާރ / ސުޕަވައިޒަރ ގެ ރިވިޔުއަށް ފޮނުވުން.
  9. އެޕްރޫވަލް ލިބިފައިވާ އިންވެސްޓްމަންޓް ތަކުގެ ބިޒްނަސް ރަޖިސްޓްރޭޝަން/ ޝެއަރ ޓްރާންސްފަރ / ޑިރެކްޓަރުންގެ ބޯޑަށް އަންނަ ބަދަލުތައް ޗެކްކޮށް އެޕްރޫވް ކުރުން.
  10. ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލުގެ (ޔޫ.އެސް.ޕީ) ދަށުން އަދާ ކުރަންޖެހޭ ސެކްރެޓޭރިއަޓްގެ މަސްޢޫލިއްޔަތުތައް އަދާ ކުރުން.
  11. ޔޫ.އެސް.ޕީގެ ދަށުން ހުށަހަޅާ އެޕްލިކޭޝަން ތަކުގެ އެޕްރައިސަލް ތައްޔާރުކުރުން.
  12. ކޯޕަރޭޓް ރެސިޑެންޓް ވިސާގެ އެޕްލިކޭޝަން ބަލައިގަނެ އެޕްރައިސަލް ތައްޔާރުކޮށް އެޕްރޫވަލް އަށް ފޮނުވުން.
  13. ކޯޕަރޭޓް ރެސިޑެންޓް ވިސާގެ އެޕްލިކޭޝަން ބަލައިގަނެ އެޕްރައިސަލް ތައްޔާރުކޮށް އެޕްރޫވަލް އަށް ފޮނުވުން.
  14. ކޯޕަރޭޓް ރެސިޑެންޓް ވިސާ އެޕްރޫވަލް ލިބުމުން އިމިގްރޭޝަނަށް ސިޓީ ފޮނުވާ ވިސާ އިޝޫ ކުރުމުގެ މަރުހަލާ ފެސިލިޓޭޓްކޮށް ދިނުން.
  15. އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކުން ފޮނުވާ އީމެއިލް / ސިޓީ އަށް ޖަވާބުދީ މައުލޫމާތުތައް ފޯރުކޮށްދިނުން.
  16. ރާއްޖޭގެ އެކި މިނިސްޓްރީތަކުން/އޮފީސްތަކުން ފޮރިން އިންވެސްޓްމަންޓާއި ޔޫ.އެސް.ޕީ އާއި ބެހޭގޮތުން ފޮނުވާ ސިޓީ/އީމެއިލް ތަކަށް ޖަވާބު ދިނުން.
  17. ރިވިޔު ކުރެވޭ އެޕްލިކޭޝަންތައް އެޕްރޫވް ކުރުމަށް ކޮމިޓީ ބައްދަލުވުންތައް ހަމަޖެއްސެން.
  18. ފޮރިން އިންވެސްޓްމަންޓް އެގްރިމަންޓް ތަކުގައި ސޮއެ ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނުން.
  19. ޔޫ.އެސް.ޕީ ސްޓިއަރިން ކޮމިޓީ ބައްދަލުވުންތައް ހަމަޖައްސާ، ބައްދަލުވުންތަކުގެ މިނިޓްސް ތައްޔާރުކުރުން.
  20. ޔޫ.އެސް.ޕީ އެޕްލިކޭޝަން ތަކުގެ އަޕްޑޭޓް ރައީސް އޮފީހައް ފޮނުވައި، ޑޭޓާ އަޕްޑޭޓް ކުރުން.
  21. މުވައްޒަފުންގެ ހާޒިރީއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން، އަދި ހިއުމަން ރިސޯސް ޑިޕާޓްމަންޓާ ޙިއްޞާކުރަންޖެހޭ މަޢުލޫމާތު ގަވައިދުން ފޮނުވުން.
  22. ރަޖިސްޓަރ ކުރެވިފައިވާ ބޭރުގެ ވިޔަފާރިތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ފޮރިން އިންވެސްޓްމަންޓް ޑޭޓާ / ސްޓެޓިސްޓިކްސް އަޕްޑޭޓް ކުރުން.
  23. އެޕްރޫވަލް ލިބިފައިވާ ކޯޕަރޭޓް ރެސިޑެންޓް ވިސާގެ ދަފްތަރު ބެލެހެއްޓުން.
  24. ފޮރިން އިންވެސްޓަމަންޓް ރަޖިސްޓްރޭޝަން ސެކްޝަނުންދޭ ޚިދުމަތްތަކާ ގުޅޭ އެފް.އޭ.ކިޔު ތައްޔާރުކޮށް އަޕްޑޭޓްކުރުން.
  25. އޮންލައިންކުރުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ދެނެގަނެ، ކައުންޓަރުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުން.
  26. އެނުއަލް ޓާގެޓްސްގެ ތެރެއިން، ފުރިހަމަކުރެވިފައިވާ މަސައްކަތްތަކުގެ އަޕްޑޭޓް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއާ ޙިއްޞާކުރުން.
  27. އެއަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ޚުލާސާ ރިޕޯޓު ތައްޔާރުކޮށް، 31 ޑިސެމްބަރގައި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއާ ޙިއްޞާކުރުން.
  28. ކުރިއަށް އޮތް އަހަރުގެ ޓާގެޓްތައް 31 ޖުލައިގެ ކުރިން ތައްޔާރުކޮށް، ބަޖެޓް ޕްލޭނާއިއެކު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއާ ޙިއްޞާކުރުން.

މަޤާމުގެ ޝަރުޠުތައް:

 

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

     (ހ)  ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

- ވަޒީފާއާއި ގުޅޭ ދާއިރާ " އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް " އިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރު ކުރުމަށް އިމްތިހާން އަދި އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް އަދި ފެކްސް  9603323840+ މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ ، 2019 ވަނަ އަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

   

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9603323668+ އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 9603323840+ އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

13 އޮކްޓޫބަރު 2019
ހޯދާ