ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
މެނޭޖަރ (ކަސްޓަމަރ ސާރވިސް ސެންޓަރ)

މަޤާމް: މެނޭޖަރ (ކަސްޓަމަރ ސާރވިސް ސެންޓަރ)  

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާއި ތަޖުރިބާ:

 

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓް ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއިން މާރސްޓާރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓް ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  
  3. ކަސްޓަމަރ ސާރވިސަސް ނުވަތަ ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-      ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި ޚިދުމަތް ހޯދުމަށް ޑިޕާޓްމަންޓްތަކަށް ދާންޖެހޭ މަގު ދައްކައިދިނުން

2-      ހޮސްޕިޓަލްގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޑިޕާޓްމަންޓްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމާއި ޚިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން

3-      ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކާއި ގުޅޭގޮތުން ހުށައަޅާ ޝަކުވާތައް އަޑުއަހައި ޙައްލުކޮށްދިނުން

4-      ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން ޚިދުމަތާއި ގުޅޭގޮތުން ދެކޭގޮތް އޮޅުންފިލުވުމަށްފަހު، ކަމާބެހޭ ޔުނިޓް/ޑިޕާޓްމަންޓްތަކަށް އެންގުން

5-      ހޮސްޕިޓަލުގެ ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ޚިދުމަތްތަކަށް ހެދުމަށް މަސައްކަތްކުރުން

މުސާރައާއި އިނާޔަތް :

މުސާރަ:               8835.00 ރުފިޔާ

ސަރވިސް އެލަވަންސް:      2000.00 ރުފިޔާ

ރިސްކް އެލަވަންސް:        75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:     132.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

ކުރިމަތިލުމުގެ ސުންގަޑި: 21 އޮކްޓޯބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 އޮކްޓޫބަރު 2019
ހޯދާ