މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޗީފް އޮޑިޓް އެގްޒެކެޓިވް

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2019/281ނަންބަރު:

މަޤާމް:

ޗީފް އޮޑިޓް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:


J-290967

 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 5

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް

ސެކްޝަން

އިންޓާނަލް އޮޑިޓް ޔުނިޓު 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

މުސާރަ:

މަހަކު -/13،890 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/-  ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

- މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް ނުވަތަ އެކައުންޓިންގ އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މިނިސްޓަރ ނުވަތަ މިނިސްޓަރ ކަނޑައަޅުއްވާ އިންޓަރނަލް އޮޑިޓް ކޮމިޓީއަކުން ހަމަޖައްސާ އުޞޫލެއްގެ މަތިން ދައުލަތުގެ މަލީ ހަރަކާތްތަކުގެ އިންޓަރނަލް އޮޑިޓްގެ އިދާރީ މަސައްކަތްތައް ބައިންލްއަޤްވާމީ އިންޓަރނަލް އޮޑިޓިންގް ސްޓޭންޑާރސް ތަކަށާއި، އިންޓަރނަލް އޮޑިޓް ޗާރޓަރއަށް އަދި އިންޓަރނަލް އޮޑިޓިންގް މެނުއަލްއަށް ރިޢާޔަތްކޮށް ހިންގުން.

 

  1. އިންޓަރނަލް އޮޑިޓް ޔުނިޓްގެ އެންމެހާ އިދާރީ ރޭވުންތަކާއި އޮޑިޓްގެ ހަރަކާތްތަކުގެ ފީލްޑްވޯރކް އަދި ރިޕޯރޓްކުރުމުގެ ހަރަކާތްތައް އިންޓަރނަލް އޮޑިޓް ޗާރޓަރ އާއި އިންޓަރނަލް އޮޑިޓް މެނުއަލްގައި ކަނޑައަޅާފައިވާ އުޞޫލުން ހިންގުން.

 

  1. އިންޓަރނަލް އޮޑިޓް މަސައްކަތުގައި ދިމާވާ ދަތިތަކާއި، އޮޑިޓްކުރުމުގެ ފަންނު ކުރިއެރުވުމަށް ކުރެވޭނޭ ކަންކަން ދެނެގަނެ އެކަންކަން މިނިސްޓަރ އަށް ނުވަތަ މިނިސްޓަރ ކަނޑައަޅުއްވާ އިންޓަރނަލް އޮޑިޓް ކޮމިޓީއަކަށް ހުށަހެޅުން.

 

  1. އިންޓަރނަލް އޮޑިޓް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އިންޓަރނަލް އޮޑިޓް ކޮމެޓީގެ އެންމެހާ ބައްދަލުވުމަށް ޙާޒިރުވުން އަދި ބައްދަލުވުމަށް ޚާޒިރުނުވެވޭ ޙާލަތްތަކުގައި އެބައްދަލުވުމެއްގައި އިންޓަރނަލް އޮޑިޓް ކޮމިޓީގެ އެންމެހާ ބައްދަލުވުމަށް ޚާޒިރުނުވެވޭ ޙާލަތްތަކުގައި އެބައްދަލުވުމެއްގައި އިންޓަރނަލް އޮޑިޓް ޔުނިޓް ތަމްޞީލުކުރާނޭ ފަރާތެއް ހަމަޖެއްސުން.

 

  1. އިންޓަރނަލް އޮޑިޓް މަސައްކަތުގައި ޝާމިލުވާ އެންމެހާ މުވައްޒަފުންނަށް ބޭނުންވާނޭ ފަންނީ ތަމްރީން އާއި ތަޖުރިބާ ހޯދާދިނުމަށް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ލަފަޔާއިއެކު މަސައްކަތްކުރުން.

 

  1. އިންޓަރނަލް އޮޑިޓް މަސައްކަތުގެ ފަންނީ މިންގަނޑުތަކުގެ ފެންވަރު ހިފެހެއްޓުމަށް ބޭނުންކުރެވޭނޭ އޮޑިޓް މެނުއަލްތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި، މިފަދަ ލިޔުންތައް ބަދަލުކުރުން.

 

  1. އިންޓަރނަލް އޮޑިޓް މަސައްކަތުގައި ލިބޭ މަޢުލޫމާތުތަކުގެ ސިއްރުހިފެހެއްޓުމާއި، އިންޓަރނަލް އޮޑިޓިންގް ގެ ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށް އިންޓަރނަލް އޮޑިޓްގެ މަސައްކަތްތަކާއި މަސައްކަތްތަކުން ލިބޭ މަޢުލޫމާތުތައް ރައްކާތެރިކަމާއިއެކު ހިންގާ ބެލެހެއްޓުން.

 

  1. އިންޓާނަލް އޮޑިޓުގައި މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި އިންޓާނަލް އޮޑިޓުގެ ސިވިލް ސަރވިސް އެންމެ އިސް މުވައްޒަފެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

 

މަޤާމުގެ ޝަރުތުތައް:

  1. ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ  ކަންތައްތައް:

- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %20

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް %25

- އިމްތިހާނު/ޕްރެކްޓިކަލްސް %20

- އިންޓަވިއު އަދި ޕްރެޒެންޓޭޝަން %30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  22 އޮކްޓޫބަރު 2019 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،  27 އޮކްޓޫބަރު 2019 އާއި 14 ނޮވެންބަރު 2019  އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

13 އޮކްޓޫބަރު 2019
ހޯދާ