އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-307814

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / އއ.ރަސްދޫ

މުސާރަ:

މަހަކު، -/7,035 ރުފިޔާ.

ސަރވިސް އެލެވަންސް:

މަހަކު، -/2,000 ރުފިޔާ.

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ޓެކްނިކަލް ކޯ އެލަވަންސް: މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، މޯލްޑިވްސް ނެޝަނަލް ޕްރޭމްވާރކްގެ 7 އިން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ މުސާރައިގެ %28 އިންސައްތަ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތު ޓާގެޓް ކަނޑައަޅައި މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ރިވިއުކުރުން.
  2. ކައުންސިލް އިދާރާގެ ފައިސާއާބެހޭ ކަންކަން ހިނގަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އުސޫލުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުވުން.
  3. ދައުލަތުގެ ޢާންމުދަނީގެ ގޮތުގައި ކައުންސިލް އިދާރާއަށް ދައްކާފައިސާ ބަލައިގަތުމާއި ކަނޑައެޅިފައިވާ ތާރީޚުތަކަށް ފައިސާ، ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުމާއި ހިސާބުތައް ލިޔެ ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  4. ކައުންސިލުގެ ޢާންމުދަނީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި، ހިސާބުތަކުގެ ތަފްޞީލް ކައުންސިލާ ހިއްސާކުރުން.
  5. ޗެކްރަޖިސްޓްރީ / ވައުޗަރރަޖިސްޓްރީ / ބިލްރަޖިސްޓްރީ / ފައިސާ ލިބޭކަންކަމުގެ ދަފްތަރު / ލިބޭ ފައިސާގެ ދުވަހު ފޮތް އަދި މިނޫންވެސް ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް އަޕްޑޭޓްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  6. ކައުންސިލްގެ އިދާރީ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި، ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމާއި ބަޖެޓް ފާސްކުރުމުން އެލް.ޖީ.އޭއަށް ފޮނުވުން.
  7. ކައުންސިލުގެ އެކައުންޓްތައް ބެލެހެއްޓުމާއި، ހިސާބު ތައްޔާރު ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި، އެކައުންޓްތަކުގެ ތަފްޞީލް ކައުންސިލަށް ހިއްސާކުރުން.
  8. ކައުންސިލްގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ހިސާބާއި، ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  9. އޮޑިޓްކުރުމާއި، އޮޑިޓްތަކުން ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމާއި، ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ މަސައްކަތް ތަރައްޤީކޮށް ޒަމާނީކޮށް ހަލުވި ކުރުމަށް ބޭނުންވާ ކަންކަން އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުން.

10. ކައުންސިލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ބަޖެޓަށް ބަދަލުގެންނަން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

11. ކައުންސިލުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި، ކައުންސިލް މެމްބަރުންގެ މާލީ ހިސާބުތައް ފޮނުވުމާ ގުޅޭ ކަންކަން ހިންގާ ބެލެހެއްޓުން.

12. ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން، މަސައްކަތުގެ އަޚްލާޤް ދައްވާ މުވައްޒަފުންނަށް މަގުދައްކައިދިނުމާއި، އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ މަޢުލޫމާތު ޒިންމާދާރުވެރިޔާއަށް ފޮނުވުން.

13. ކައުންސިލްގެ މުދަލާއި، އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މާލީ އެންމެހައި ވަޞީލަތްތައް ބެލެހެއްޓުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

14. ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލައި ޕީ.އޭ ފޯމް ފުރުން.

15. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ / ފައިނޭންސް)   ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ފައިނޭންސް / އެކައުންޓިންގ) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ  ލިބިފައިވުން.

ނުވަތަ،

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ / ފައިނޭންސް)   ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި، ތަމްރީނު: 35%

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން: 5%

މަސައްކަތު ތަޖުރިބާ:  15%

އިންޓަރވިއު / ލިބިފައިވާ ހުނަރު: 45%

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް އައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، 55% (ފަންސާސްފަހެއް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެ އެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2019 އޮކްޓޫބަރ 22 ވަނަ ދުވަހުގެ 11:00ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ އެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޫބަރ 27 އާއި،  31 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގަ އެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

13 އޮކްޓޫބަރު 2019
ހޯދާ