މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދިފައިވާ ފަރާތްތަކުން ހުށަހެޅުއްވި ފޯމްތަކަށް ލިބިފައިވާ ޕޮއިންޓް ޢާއްމުކުރުމާއި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ރ. ހުޅުދުއްފާރުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށްއެދި ހުށަހެޅުއްވި ފޯމްތަކަށް ލިބިފައިވާ ޕޮއިންޓްތައް ޢާއްމު ކުރީމެވެ. އަދި ގޯއްޗަށް އެދުނު ފަރާތްތަކަށް ލިބުނު ޕޮއިންޓާއިމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން އޮތްނަމަ، އެކަމަށްއެދޭ ފޯމުން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޝަކުވާ ހުށަހަޅާ ފޯމް ދޫކުރާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00ށް މިއިދާރާއިންވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހުތާރީޚަކީ 20 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 އޮކްޓޫބަރު 2019
ހޯދާ