ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް ކޮންސަލްޓެންޓް (ދިވެހި) އެއް ހޯދުމާ ގުޅޭ

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާޙާ ގުޅިގެން މި ޑިޕާޓްމަންޓުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ބައެއް މަސައްކަތްތަކަށް ބަދަލު އައިސްފައިވާތީ މި މަސައްކަތަށް ކުރިންކުރެވުނު މިޑިޕާޓްމަންޓުގެ ނަންބަރު 198-F/2019/81 (22 ޖުލައި 2019) ޢިއުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 2011 ވަނަ އަހަރު ޢާއްމުކޮށްފައިވާ ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ޤަވާޢިދު، ރިވިއުކޮށް ހިއުމަން ރިސޯސް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންގެ ޤަވާޢިދަށް ގެންނަންޖެހޭ އިސްލާޙްތައް ގެނެސް މުވައްޒަފުންގެ ޤަވާޢިދު އަލުން އެކުލަވާލުމަށާއި، ޝަރުޢީ ދާއިރާގެ ޓެކްނިކަލް މަޤާމުތަކާއި، އިދާރީ މަޤާމްތަކުގެ އޮނިގަނޑު މުރާޖަޢާކޮށް އެކުލަވާލާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްޢޫލިއްޔަތުތަކާއި، ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ޑިޕާޓްމަންޓަށް އެންމެ އެކަށީގެންވާ އިދާރީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި، ހިއުމަން ރިސޯސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ބައިން ލިބެންހުންނާނެއެވެ.

މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ސެޝަން އޮންނާނީ 2019 އޮކްޓޯބަރ 14 ވާ ހޯމަ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮންފަރެންސް ހޯލްގައެވެ.

އަދި މަސައްކަތުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2019 އޮކްޓޯބަރ 20 ވާ އާދީއްތަ ދުވަހުގެ 10:00ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮންފަރެންސް ހޯލްގައެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ސަފަރު 1441

10 އޮކްޓޫބަރު 2019
ހޯދާ