ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮފީސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ކުރަންހުރި މަސައްކަތް ކުރުމަށް ބޭނުންވެއްޖެ

c

 

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

ގދ. ތިނަދޫ، ދިވެހިރާއްޖެ                         

 

 

 

                                     ނަންބަރ:  11/ASMH/MSS/IUL/2019

 

އިޢުލާން

 

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮފީސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ކުރަންހުރި މަސައްކަތް ކުރަން ބޭނުންވެއްޖެ:

           

ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮފީސް އިމާރާތުގެ 02 ވަނަ ފަންގިފިލާގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް  ޝައުގުވެރިވާ  ފަރާތްތަކުން 10 އޮކްޓޯބަރ 2019 ވާ  ބުރާސްފަތި ދުވަހުން ފެށިގެން 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން  13:00  އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި  ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތްގެ (ރޯޝަނީބިލްޑިންގ،ސޯސަންމަގު) ރިސެޕްޝަނަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުންއެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަދި 16 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު ހެނދުނު 9:00 ގައި ޕްރީބިޑް ސެޝަނެއް މިހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  22 އޮކްޓޯބަރ 2019  ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި މިހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީބިލްޑިންގ،ސޯސަންމަގު)  ގައެވެ.

 

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގެ ކުރިން dr.asmh@health.gov.mv  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.

 

 

10 ޞަފަރު  1441

09 އޮކްޓޯބަރ 2019

 

 

    

 

 

އަޙުމަދު ސަޢީދު

  މެނޭޖަރ

 

10 އޮކްޓޫބަރު 2019
ހޯދާ