އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ހުޅަނގުފަރާތުގެ ވަށާފާރު ރޭނުމާއި މެއިން ގޭޓް ތައްޔާރުކޮށް ހަރުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލްގެ ހުޅަނގުފަރާތުގެ ވަށާފާރު ރޭނުމާއި މެއިން ގޭޓް ތައްޔާރުކޮށް ހަރުކުރުން

 

  1. މި ސްކޫލްގެ ހުޅަނގުފަރާތުގެ ވަށާފާރު ރޭނުމާއި މެއިން ގޭޓް ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް އަމިއްލަ  ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު  GS79/IULAAN/2019/33 އަށް  އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފއިނުވާތީ އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކުރުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 އޮކްޓޯބަރ 9 އިން 2019 އޮކްޓޯބަރ 17އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 20 ވާ އާދިއްތަ ދުވަހުގެ 11:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  6. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 11:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096 

އީ-މެއިލް: [email protected]

‏9‏ ޞަފަރު‏ 1441

‏                                8‏ އޮކްޓޯބަރ‏ 2019

08 އޮކްޓޫބަރު 2019
ހޯދާ