ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫތު ސެންޓަރ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ލ.އިސްދޫގައި ޔޫތު ސެންޓަރެއް ހެދުމުގެ މަސައްކަތް އަމިއްލަ  ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު:2014/18 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން އެދެމެވެ.  

 

  1. ބީލަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 އޮކްޓޯބަރ 2019 ވާ ބުދަ  ދުވަހު  9:30 އިން 13:00އަށް ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ.
  2. މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު 11:00 ގައި ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައެވެ.
  3. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ  21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހު 13:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

           އަދި ނަންނޯޓު ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ޕްރީބިޑް މީޓިންގއަށް ވަޑައިގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.       

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

08 އޮކްޓޫބަރު 2019
ހޯދާ