އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ބޭނުންވެއްޖެ

އިޢުލާން

އެގްޒަމިނަރުން ބޭނުންވެއްޖެ

                     ރަށުގައި ތިބެގެން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޒޯން ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މި ޚިދުމަތް ފޯރުކޮށްދިނުމަށް މިކައުންސިލުން ނިންމުމާ ގުޅިގެން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިހާން ކުރައްވާނެ ދެ ޖިންސުގެ ބޭފުޅުން ބޭނުންވެއްޖެއެވެ.

  • ·         ބޭނުންވާ ޢަދަދު: 2 (އަންހެން 1 ، ފިރިހެން 1)
  • ·         ޝަރުޠު:
  • ދަށްވެގެން A1,A ގިންތީގެ ލައިސަންސް އޮތުން.
  • ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދު ޖިނާޢީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް.
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 3 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  • އއ. މަތިވެރީ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
  • ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

 

  • އުޖޫރަ:  ޓެސްޓް ކުރާ ކޮންމެ A1,A ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ.

 

  • އިމްތިހާނު ބާއްވާނެ ތަނާއި، ވަގުތު: އިމްތިހާނު ބާއްވާނެ ތަނާއި، ވަގުތު ކަނޑައަޅާނީ މިކައުންސިލުން.

                     އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

                     ވީމާ، މިކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ޝަރުޠު ފުރިހަމަވާ ދެ ޖިންސްގެ ބޭފުޅުން 16 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެއްގަމު ލައިސަންސް ކޮޕީއާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕޮލިސް ރިޕޯޓް އަދި ވަނަވަރާއެކު ސިޓީއަކުން މި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 އޮކްޓޫބަރު 2019
ހޯދާ