މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ހޯދުން

މި އިޢުލާންވަނީ 03 ޑިސެންބަރު 2019 08:59 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-124669

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޙަލާލް ސެޓްފިކޭޝަން ސެކްޝަން / އިސްލާމިކް އެފެއާޒް ޑިވިޜަން / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

 

މުސާރަ:

މަހަކު  4465.00ރުފިޔާ،   

ސަރވިސް އެލެވަންސް:

މަހަކު 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.'
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700ރ (ހަތްސަތޭކަ ރުފިޔާ)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކާބޯތަކެއްޗަށް ހަލާލު ސެޓިފިކޭޝަން ދޫކުރަމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުމާއި ޙަލާލް ވޯރކިންގ ގުރޫޕްއާއި ޙަލާލް ކޮމެޓީގެ މަސައްކަތް ވިލަރެސް ކުރުމާއި އިދާރީ މަސައްކަތްތައް ކުރުން.
  2. ރާއްޖެއިން ބޭރުން ރާއްޖެއަށް ދޫކޮށްފައިވާ ޙަލާލް ރިކޮގްނިޝަން މުއްދަތު ހަމަވުމުން އާކޮށް، އެކަމަށް ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރުން.
  3. ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މިންގަނޑުތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން އެކި އެކި ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  4. ޙަލާލް ސެޓްފިކެޓް ދޫކުރެވޭ ތަންތަނުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  5. ޙަލާލް ސެޓްފިކޭޝަން ސެކްޝަނުން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. މިގޮތުން ޔުނިޓުގެ އެންޓްރީ ބަލައިގަތުމާއި، ހަވާލުކުރަންޖެހޭ މުވައްޒަފުންނަށް ވެރިޔާ ލަފާގެ މަތީން އެންޓްރީ ހަވާލުކުރުމާއި، ޔުނިޓުން ލިޔަންޖެހޭ ސިޓީ، މެމޯ، ރިކްއެސްޓް ފޯމު، މެއިލްފަދަ ލިޔުންތައް ލިޔުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ލިޔުންތައް ފައިލް ކުރުމާއި، ޔުނިޓުގެ މަސައްކަތްތަކާއި ގުޅިގެން ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، އެބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
  6. މިނިސްޓްރީން އިންތިޒާމްކުރާ ޖަލްސާތަކާއި އިވެންޓްތަކާއި އެކި އެކި ޕްރޮގްރާމްތަކުގައި ކުރަން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  7. ޙަލާލް ސެޓްފިކޭޝަން ސެކްޝަނުން ރާވައި ހިންގާ ޙަރަކާތްތަކާއި، ސެކްޝަނުން ކުރާ މުހިއްމު ކަންކަމުގެ މަޢުލޫމާތުގެ ޚަބަރު ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަޕޯޓްސާރވިސް ސެކްޝަނުން އޮފީސް އެޑްމިނިސްޓްރޭޝަން ޔުނިޓަށް މެއިލްކޮށް ހާޑުކޮޕީ ފޮނުވުން.
  8. ޙަލާލް ސެޓްފިކޭޝަން ސެކްޝަންގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޕްރޮސީޖާ މެނުއަލްތަކާއި ސިމްޕަލް ވޯކް ޕްރޮސެސް ފްލޯ ޗާޓުހެދުމާއި އަދި މި ނޫންވެސް މިފަދަ އުޞޫލުތައް ތައްޔާރުކޮށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމާއެކު ލިޔުންތަކުގެ ހާޑް އަދި ސޮފްޓް ކޮޕީ ކަމާގުޅޭ ސެކްޝަން/ޔުނިޓަށް ޙަވާލުކޮށް ކޮޕީތައް ފައިލްކޮށް ބެލެހެއްޓުން.
  9. ޙަލާލް ސެޓްފިކޭޝަން ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިނޭންސް ސެކްޝަނަށް ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ފޮނުވުން.
  10. ކޮންމެ އަހަރެއް ނިމުމުން އެއަހަރަކު ސެކްޝަނުން ކޮށްފައިވާ ކަންތައްތައް ހިމަނައި އަހަރީ ރިޕޯޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ފޮނުވުމާއި ކުރިއަށް އަންނަ އަހަރަށް ކުރަންރާވާ ހުރިހާ މަސައްކަތްތަކެއްގެ ލިސްޓު އެކުލަވާލާ އަދި މި މަސައްކަތްތަކުގެ މައުލޫމާތު ޝީޓްތައް ތައްޔާރުކޮށް ކަމާގުޅުންހުރި ސެކްޝަނަކާއި ޙަވާލު ކުރުން.
  11. އޮފީހުގެ ރަސްމީ މަސައްކަތްތަކާގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ސަޕޯޓް އޮފިސަރ (ޖީ.އެސް 1 އިން ޖީ.އެސް 4 އަށް)

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު /ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

210

100

100

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު / ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޯބަރ 22 އާ 30 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު / ޕްރެކްޓިކަލްސްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3315161 އަށެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

07 އޮކްޓޫބަރު 2019
ހޯދާ