އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައިޓީ ހާރޑުވެއާރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުނީގެ ފަރާތުން 15 ސެޕްޓެމްބަރު  2019 ގައި ކުރި އިޢުލާން ނަމްބަރު TENDER/AS/2019/004 އާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ އެމަސައްކަތަށް އަލުން ޢިއުލާން ކުރަމެވެ.

މި ކުންފުންޏަށް އައިޓީ ހާރޑުވެއާރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ އައިޓީ ހާރޑުވެއާރ ފޯރުކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ ޢިޢުލާން ކުރާ ދުވަހުން ފެށިގެން 2019 އޮކްޓޫބަރު 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 16:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ (ފައްސަތޭކަ ރުފިޔާ) އެވެ. ބިޑް އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ 2019 އޮކްޓޫބަރު 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުމުގެ ފުރުސަތު ދެވޭނީ ބިޑް ޑޮކިއުމެންޓު ބައްލަވައިގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ.

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2019 އޮކްޓޫބަރު 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ ބިޑް ޑޮކިއުމެންޓު ގައި އިރުޝާދު ދެވިފައިވާ ގޮތަކަށެވެ.

 

07  އޮކްޓޫބަރު 2019

 

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]  ވެބްސައިޓް: www.aasandha.mv ފޯން:3011418   ފެކްސް: 3013636 

07 އޮކްޓޫބަރު 2019
ހޯދާ