އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

މަޤާމް :ސެކްރެޓަރީ ޖެނެރަލް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތާރީޚް:

08 ޞަފަރު 1441

07 އޮކްޓޫބަރު 2019

އިޢުލާނު ނަންބަރު:

123-B/IUL/2019/53

މަޤާމު

ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: 20,500.00 ރުފިޔާ
  2. ލިވިންގ އެލަވަންސް: 15,000.00 ރުފިޔާ
  3. ފޯނު އެލަވަންސް: 1,000.00 ރުފިޔާ

މަޤާމުގެ މުއްދަތު

ސެކްރެޓަރީ ޖެނެރަލްގެ ދައުރުގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ.

ޝަރުޠު

 

  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް ދާއިރާއިން ބެޗްލަރސް ޑިގްރީ (ދިވެހިރާއްޖޭ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ސަނަދެއް) ހާސިލްކޮށްފައިވުން. އަދި،
  2. ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޖަމްއިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވުމާއެކު ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި،
  3. ޢުމުރުން 18 އަހަރު ފުރި، 55 އަހަރު ވެފައިވާ މީހެއްކަމުގައި ނުވުން. އަދި،
  4. އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތްހެދުން އަދި ޚިޔާނާތްފަދަ ބޮޑު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން. އަދި،
  5. މިކޮމިޝަނުގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވި ދިޔަ މީހަކު ވަޒީފާގައި ހުރެ ކުރިމަތިލާ މީހާ ހޮވިއްޖެނަމަ އެމީހަކު ވަޒީފާއިން ވަކިވާން އެއްބަސްވާނެ ކަމުގެ ލިޔުން އޮތުން.
  6. މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިސްނެގުމަށާއި ލީޑަރޝިޕްއަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަށާއި ހިންގުމުގެ ތަޖުރިބާއަށާއި ނަތީޖާ ހާސިލްކޮށްފައިވާ މިންވަރަށް ބެލެވޭނެއެވެ. މިގޮތުން ބެލޭނެކަންކަން ތިރީގައި މިވަނީއެވެ.

 6.1 ސީނިއަރ މެނޭޖްމަންޓް ފަންތީގެ ތަޖުރިބާ ލިބިފައިވުމާއެކު މިކަންކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،

 6.2  ސީނިއަރ މެނޭޖްމަންޓްގައި، މަސައްކަތްކުރި ދާއިރާގެ ހިއްސާދާރުންނާއެކު ނުވަތަ ދާއިރާ ހިއްސާކުރާ ބައިވެރިންނާއެކު ނަތީޖާ ހާސިލްކުރުމަށް ކަނޑައަޅައި، ކަނޑައެޅި އަމާޒަށް ވާޞިލްވެފައިވާކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،

 6.3  ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،

 6.4  ވަޒީފާއާބެހޭ ޤާނޫނާއި ގަވާއިދުތައް އެނގޭކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،

 6.5  ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގު ރޮނގުގެ) މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވުމުގެ ތަޖުރިބާ ހާސިލުކޮށްފައި އޮތުމާއެކު ދާއިރާގެ ޕްރޮފެޝަނަލް ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގައި ލީޑަރޝިޕް ދައުރު އަދާކުރެވިދާނެކަމުގެ ޤާބިލުކަން ހުރިކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،

 6.6  ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ދާއިރާއާ ގުޅޭ މައްސަލަތަކުގައި ލަފާދިނުމުގެ ޤާބިލްކަމާއި، ޤައުމީ، އަދި ބައިނަލް އަޤުވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލް ކުރުމުގެ ޤާބިލްކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން.

 

މަޤާމުގެ މަސްއޫލިއްޔަތު

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަނޑައަޅާ ގަވާއިދުތަކާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކޮމިޝަންގެ އިދާރާ ހިންގުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްތަކެވެ. މީގެއިތުރުން، ކޮމިޝަނުގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން، ކޮމިޝަން އިދާރީގޮތުން ހިންގައި ބެލެހެއްޓުމުގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. ކޮމިޝަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ކޮމިޝަނުގެ މެމްބަރުންގެ ބައްދަލުވުމަކުން ފާސްކުރުމަށްފަހު، ކޮމިޝަނުގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން.
  2. ކޮމިޝަނުގެ މެމްބަރުންގެ މަޝްވަރާއާއެކު ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވާލުމާއި، ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، އެމަޝްރޫޢުތައް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން.
  3. ކޮމިޝަނުގެ އިދާރީ ކަންތައްތަކުގައި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކުގައި އެކަމުގެ ފުރިހަމަ އެހީތެރިކަން ދިނުން.
  4. ކޮމިޝަނުގެ އިދާރީ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ ޢަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވާލައި، މުވައްޒަފުން ހޯދައި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވާލުމާއި، ކޮންމެ މުވައްޒަފަކާވެސް، އެމުވައްޒަފެއްގެ ޒިންމާތައް އެނގޭނޭހެން އެމުވައްޒަފެއްގެ މަސައްކަތް ހަވާލުކުރުމާއި އެކަމާ ބެހޭ ރެކޯޑާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕަރފޮމެންސް އެޕްރައިސަލް ހެދުމަށްފަހު، ކޮމިޝަންގެ މެމްބަރުންގެ ލަފާގެމަތިން ވަޒީފާއަށް އެކަށީގެން ނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުން.
  5. މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ކޮމިޝަނުގެ މެމްބަރުންގެ މަޝްވަރާގެމަތިން ހެދުމާއި، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި މުވައްޒަފުންނާ ބެހޭގޮތުން ކޮމިޝަނުން ނެރޭ އެންގުންތަކާއި އިރުޝާދުތައް މުވައްޒަފުންނަށް އަންގައި، އެކަންތައްތައް ތަންފީޒުކުރުން.
  6. މެމްބަރުންގެ މަޝްވަރާގެމަތިން ކޮމިޝަނުގެ އަހަރީ ބަޖެޓް އެކުލަވާލައި، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުން.
  7. ކޮމިޝަން ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ބަޖެޓްގެ ތެރެއިން ހޯދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މުވައްޒަފުންނާއި މެމްބަރުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  8. މުވައްޒަފުންނާއި މެމްބަރުން މަސައްކަތްކުރުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް އެވަގުތަކަށް ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ހަމަޖައްސައިދިނުން.
  9. ކޮމިޝަނުގައި ވަޒީފާއަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް ދެމެހެއްޓުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކުރުމާއި، މަޞްލަޙަތު ޤާއިމުކުރުވުން.
  10. މުވައްޒަފުން މަސައްކަތް ކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އެޅުން.
  11. މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  12. މުވައްޒަފުންގެ ތެރޭގައި، ކަމަށްކަމޭހިތުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިޚްލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުންފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަޚްލާޤާއި ނަޒާހަތްތެރިކަން ހަރުދަނާކުރުވުން.
  13. މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައިޖެހޭ މައްސަލަތައް ޙައްލުކޮށް އިންސާފު ޤާއިމުކުރުން.
  14. އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާނގައި ކަންކުރާ ގޮތް ބަލައި، ކޮމިޝަނަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތައާރަފުކުރުމާއި މަސައްކަތްތައް ފަސޭހަކޮށް، އަވަސްކޮށް އަދި ޚަރަދު ކުޑަކޮށް ކުރެވޭނެ އައު ޓެކްނޮލޮޖީ ހޯދައި، އެ ޓެކްނޮލޮޖީ ތައާރަފުކުރުން.
  15. ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކާ ވިއުގަކޮށް، ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކޮށް ހެދުމާއި މަސައްކަތާ ގުޅުންހުރި ރޮނގުރޮނގުގެ މަޖައްލާއާއި އައު ހޯދުމާއި ޢިލްމީ ދިރާސާތަކަށް ޝައުޤުބަހައްޓައި، ހޯދައި، ލިބިގަނެ، މެމްބަރުން ނާއި މުވައްޒަފުންނާ ހިއްސާކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް އެދޭ ފޯމް.

(އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).

3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

4.1   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ.

4.2   ވަޒީފާއަށް ކުރިމަތިލާއިރު ތަޢުލީމީ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިޔުން ހުށަހަޅަން ވާނެއެވެ.

4.3   ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ.

4.4   ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.

4.5   ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ދައުލަތުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ.

4.6   އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.

 

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).

 

6. މިހާރު ވަޒީފާ އަދާކުރަމުންދާނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔުން.

7.  ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. (މަސައްކަތާ ގުޅުންހުރި ދާއިރާތަކުން  ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ)

 8. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމު.

 

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެކަށީގެންވާ ފަރާތެއް ކަނޑައެޅުމުގައި، ދެ މަރުޙަލާއަކަށް އެސެސްކުރުމުގެ ޕްރޮސެސް ކުރިއަށްގެންދެވޭނެއެވެ.

 

ފުރަތަމަ މަރުޙަލާ:

މި މަރުޙަލާގައި، ވަޒީފާއަށް ކުރިމަތިލާ ފަރާތް އެސެސްކުރާނެ ގޮތާއި، ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

 

  1. ތަޢުލީމީ ފެންވަރު (25%)
  2. މަސައްކަތުގެ ތަޖުރިބާ (25%)
  3. މަސައްކަތު އަޙުލާޤު (10%)
  4. ރިފަރެންސް (5%)
  5. އިންޓަވިއު (35%)

 

ދެވަނަ މަރުޙަލާ:

ދެވަނަ މަރުޙަލާއަށް ޝޯޓްލިސްޓްކުރެވޭނީ، ފުރަތަމަ މަރުޙަލާގައި މާކްސް ދިނުމަށް ކަނޑައެޅިފައިވާ ޖުމްލަ މާކްސްއިން މަދުވެގެން 75% މާކްސް ލިބޭ ފަރާތްތަކެވެ. ނަމަވެސް، ފުރަތަމަ މަރުޙަލާއިން 75% މާކްސް ލިބޭ ފަރާތްތަކުގެ އަދަދު 2 (ދޭއް) އަށްވުރެ މަދުވާނަމަ، ފުރަތަމަ މަރުޙަލާގައި މާކްސް ދިނުމަށް ކަނޑައެޅިފައިވާ ޖުމްލަ މާކްސް އިން 65% އަށްވުރެ މަތީން މާކްސް ލިބޭ ފަރާތްތައް ދެވަނަ މަރުޙަލާއަށް ޝޯޓްލިސްޓް ކުރުމުގެ އިޙްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

 

ދެވަނަ މަރުޙަލާގައި، މާކްސް ދިނުމަށް ހަމަޖެހިފައިވަނީ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން ހުށަހަޅާ ޕްރެޒެންޓޭޝަނުގެ މައްޗަށެވެ.

 

 ވަޒީފާ ހަމަޖައްސާ ފަރާތެއްގެ ގޮތުގައި ކަނޑައަޅާނީ، އެސެސްކުރުމުގެ ދެވަނަ މަރުޙަލާ އިން އެންމެ މަތީން މާކްސް ލިބޭ ފަރާތެވެ.

 

ސުންގަޑި

2019 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމް (ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު) ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
  2. އެޕްލިކޭޝަން ފޯމް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާގޮތަށް އެޑްރެސް ކުރުމަށްފަހުއެވެ.

 

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރްޔަމް ޝިއުނާ

ހުރަވީ ބިލްޑިންގ 2ވަނަ ފަންގިފިލާ

(ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް އެދޭ ފޯމް)

 

 

  1. އެޕްލިކޭޝަން ފޯމް އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  2. އިންޓަވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނަށެވެ.
  3. ވަޒީފާއަށް އެދޭ ފޯމް މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  4. ފޯމް ބަލައިގަތުމަށްފަހު، މަޢުލޫމާތު ފުރިހަމަނުވާކަމަށް ނުވަތަ ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާކަން ނުވަތަ ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލްކުރެވޭނެއެވެ.
  5. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވޭ ފަރާތުން 3 (ތިނެއް) މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި، ޕްރޮބޭޝަން މުއްދަތުގެ ޕަރފޮމަންސަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ޕްރޮބޭޝަން މުއްދަތު ހިމެނޭގޮތަށް 5 (ފަހެއް) އަހަރު ދުވަހަށް ވަޒީފާ ހަމަޖެއްސޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015200

އީމެއިލް: [email protected]

 

07 އޮކްޓޫބަރު 2019
ހޯދާ