މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެއަރކޯން ގަތުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1 ސްކޫލްތަކަށް ބޭނުންވާ 40 އެއަރކޯން ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/22/2019/227) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ތިންފަރާތް ކޮލިފައިވެފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން މިތަކެތި ގަތުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޯބަރު 08 ން 2019 އޮކްޓޯބަރު 13 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރު 14 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރު 20 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.

5 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000 ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341403, 3341436

އީ-މެއިލް: procurement@moe.gov.mv

ކޮޕީ-މެއިލް: areef@moe.gov.mv

07 އޮކްޓޫބަރު 2019
ހޯދާ