މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސޓެންޓް އެޗްއާރު އޮފިސަރ

 

އިޢުލާން

 

މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.

މަގާމް

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

މަޤާމް ނަމްބަރު

J-247109

ބޭނުންވާ އަދަދު

01

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީއެސް 3

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ކޯޕަރޭޓިވް ސާރވިސް ޔުނިޓް / އެޗްއާރު އެންޑް އެޑްމިނިސްޓްރޭޓިވް ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1,500 ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35%

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީއާއިބެހޭ ކަންތައްތަކާއި އިތުރުގަޑީގެ ރެކޯޑްތައް ސިވިލް ސަރވިސްގެ ޤަވާއިދާއި އެއްގޮތަށް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަސައްކަތުގެ ޕާރފޯމަންސްބަލައި ވެރިންގެ ލަފަޔާއެކު އަޚްލާޤީ ފިޔަވަޅު އެޅުމާއި، ހާޒިރުނުވާ މުވައްޒަފުންގެ މައްސަލަ ބެލުމާއި މުވައްޒަފުންގެ ވަޒީފާއާއި ޕްރޮމޯޝަނާ ބެހޭ ކަންކަން ބަލަހައްޓައި ސެކްޝަންގެ ހެޑަށް ރިޕޯޓްކުރުމާއި، އޮތޯރިޓީގެ ވަޒީފާއާއިގުޅޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.

 

 

  1.  ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާ ސަރކިއުލަރތަކާއި ސަރކިއުލަރ ނޯޓާއި ސިޓީތަކާ ގުޅިގެން ޒިންމާދާރު އިސްވެރިޔާގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ވަޒީފާއާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށް ދެނެގަނެ އެމަޢުލޫމާތުތައް މުވައްޒަފުންނާއި ހަމައަށް ފޯރުވައި ދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުން.

 

  1.  މުސާރަ ހެދުމުގައި އެޗް.އާރ އިން ނިންމަށްޖެހޭ މަސައްކަތްތައް ނިންމުމާއިއެކު، ސްޓޭޓަސް އަޕްޑޭޓް ކުރުމުގެ މަސައްކަތާއި އެކު މުސާރަހެދުމުގެ މަސައްކަތްތަކާއި ޕްރިންޓް ކުރުމުގެ މަސައްކަތާއި ޗެކްކުރުން ޗެކް ކުރުމުގެ މަސައްކަތްތައް

 

  1. މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ސިވިލް ސަރވިސްގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އޮފީސްހުޅުވާލައްޕާ މުވައްޒަފުންގެ ކާޑްތައް މުއްދަތު ހަމަވުމުގެ ކުރިން ހެއްދުމާއި، އޮފީސްހުޅުވާލައްޕާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓާ މަހުންމަހަށް ތައްޔާރުކުރުމާއި، އޮތޯރިޓީގެ ހާޟިރީ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ޔައުމިއްޔާ ކޮމްޕައިލްކުރާ މުވައްޒަފަށް ފޮނުވުން

 

  1. މިނިސްޓްރީގެ އިދާރީ އެކިއެކި މަސައްކަތް / ހިއުމަން ރިސޯސަސް މަސައްކަތް - އޮތޯރިޓީން  އެކި އޮފީސްތަކަށާއި އެހެނިހެން ތަންތަނަށް އެކިއެކިކަންކަމުގައި ފޮނުވާ ސިޓީ،މެމޯ،ނޯޓް، ފަދަ ތަކެތި  ފޮނުވަންޖެހޭ ވަގުތަށް ފޮނުވުމާއި، މުވައްޒަފުންނާއި ގުޅުންހުރި، ސިވިލް ސަރވިސްއަށް ފޮނުވަންޖެހޭ ލިޔުންތައް ވެރިންގެ ލަފާގެ މަތިން ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

  1.  އޮފީހުގެ ކޯސްތަކުގެ ކަންތައްތައް ބެލެހެއްޓުން - އެކިފަރާތްތަކުން މުވައްޒަފުންނަށްލިބޭ ކޯސްތަކާއި ވާރކްޝޮޕްތަކާއި، ސެމިނާރ މީޓިންގ އަދި ، ސިވިލްސަރވިސް ކޮމިޝަނުން ހިންގާ ޓްރެއިނިންގ ތަކަށް އޮފީހުން ބައިވެރިކުރާ މުވައްޒަފުންގެ މަސައްކަތްތައް އިސްވެރިންގެ ލަފަޔާއިއެކު ކަނޑައެޅިފައިވާ ވަގުތަށް ހަމަޖެއްސުން.

 

  1. މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލްގެ އެެންމެހާ ކަންތައްތައް ކުރުން

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

 

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް'  ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

                                                                                                                       

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓް www.transport.gov.mv  އަދި މިއޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސާރވިސް އަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

-          ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

 

 

 

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)

އިންޓަރވިއު ކުރުން:

 

 

 

 

ޝޯޓްލިސްޓް ކުރުން:

 

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01  ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޯބަރ 2019 އިން ފެށިގެން 24 އޮކްޓޯބަރ އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15  އޮކްޓޯބަރ 2019 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-     ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.

-  މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343425 އަށް ގުޅުއްވުން އެދެމެވެ.

 

08 ޞަފަރު           1441

07 އޮކްޓޯބަރ         2019

07 އޮކްޓޫބަރު 2019
ހޯދާ