ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫއިން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ކެޓެގަރީ B ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ވަގުތީ ލިސްޓް އިޢުލާންކުރުން

އިޢުލާން

 

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫއިން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ކެޓެގަރީ B ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ވަގުތީ ލިސްޓް އިޢުލާންކުރުން

 

ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ޢިމާރާތްކުރެވިފައިވާ 120 ފްލެޓްގެ ކެޓެގަރީB  ފްލެޓްތަކަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް މިއިދާރާއިން ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާއްމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ. އަދި މިލިސްޓް މިއިދާރާގެ ނޯޓިސް ބޯޑްގައި އާއި ދިވެހި ސަރުކާރުގެ ގެޒެޓް ގެ އިތުރުން މިއިދާރާގެ ބޭނުންކުރަމުންދާ ފޭސްބުކް ޕޭޖުގައި ޝާއިޢުކުރެވިފައިވާނެއެވެ.

ވުމާއެކު، ވަގުތީ ލިސްޓަށް ޕޮއިންޓް ލިބިފައިވާ ގޮތާއިމެދު ، އިތުރަށް ކަމެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި "ގދ. ތިނަދޫ B ކެޓެގަރީގެ ފޯމްތަކާއިގުޅޭ" ޖެއްސެވުމަށްފަހު) މިއިދާރާއަށް 14 އޮކްޓޫބަރ 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.   

ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ ، ވަގުތީ ލިސްޓަށް ހުށަހެޅޭ ޝަކުވާއާ ގުޅިގެން ، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން ، ވަގުތީ ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 އޮކްޓޫބަރު 2019
ހޯދާ