މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މަޤާމު

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު

J-251621

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޜަން / ސެކްޝަން

ރީޖަނަލް އެންޑް އެޓޯލް ހެލްތް ސަރވިސަސް/ ބަޔޯމެޑިކަލް އިންޖިނިއަރިންގ ޔުނިޓް

މުސާރަ

4465/- ރުފިޔާ

ސަރވިސް އެލަވަންސް

1500/- ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސަޕޯޓިންގ ކޯ އެލަވަންސްގެ 2 ގެ ގޮތުގައި މަހަކު -/700.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން  ރިސްކް އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. އަތޮޅުތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކާއި،ޞިއްޙީ މަރުކަޒުތަކުން ޚިދުމަތްދިނުމަށް ބޭނުންވާ މެޝިނަރީޒް،ރިއެޖެންޓްސް، އަދި ކޮންޒިއުމަބްލްސް ތަކެތީގެ ރިކްއިޒިޝަންތައް ވެރިފިކޭޝަން ނިންމާ ލިބުމުން ކޯޓޭޝަން ހޯދުމަށް އެސްޓީއޯއަށް ފޮނުވުން.
  2. އަތޮޅުތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކާއި،ޞިއްޙީ މަރުކަޒުތަކުން ޚިދުމަތްދިނުމަށް ބޭނުންވާ މެޝިނަރީޒް،ރިއެޖެންޓްސް،އަދި ކޮންޒިއުމަބްލްސް ތަކެތީގެ ރިކްއިޒިޝަންތަކަށް ލިބޭ ކޯޓޭޝަންސް ތައް ޗެކްކޮށް މައްސަލަ އެއް ފާހަގަ ކުރެވިއްޖެނަމަ އެސް.ޓީ.އޯގެ ކަމާ ބެހޭ މުވައްޒަފަކާގުޅައިގެން ކޯޓޭޝަން ރަގަޅުކުރުވުން.
  3. އަތޮޅުތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކަށް ފޮނުވޭ ތަކެތި (މެޝިނަރީޒް،ކޮންޒިއުމްބަލްސް،އަދި ރިއެޖެންޓްސް) ރަށްރަށަށް ލިބުމުން ތަކެތިބަލައިގަތުމަށްފަހު ފުރިހަމަކުރާ ރިސީވިންގ ފޯރމާއެކު އެސް.ޓީ.އޯއިން ފޮނުވާ އިންވޮއިސްތަށް ޗެކްކޮށް(ޔުނިޓް ޕްރައިސް އަދި އައިޓަމް އަދަދު) އެ އިސްވޮއިސް އަކާ ގުޅުން ހުރި ޕަރޗޭސް އޯޑަރ އާއި ދިމާވޭތޯ ބަލައި ދިމާ ނުވާނަމަ އެ އިސްވޮއިސްތައް އިސްލާޙް ކުރުމަށް އެސް.ޓީ.އޯއަށް ފޮނުވުން.
  4. އަތޮޅުތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކަށް ފޮނުވޭ ތަކެތި (މެޝިނަރީޒް،ކޮންޒިއުމްބަލްސް،އަދި ރިއެޖެންޓްސް) ރަށްރަށަށް ލިބުމުން ތަކެތިބަލައިގަތުމަށްފަހު ފުރިހަމަކުރާ ރިސީވިންގ ފޯމާއެކު އެސް.ޓީ.އޯއިން ފޮނުވާ އިންވޮއިސްތައް ސެޕް ސިސްޓަމުން ރިސީވްކުރުން.
  5. އަތޮޅުތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކަށް ފޮނުވޭ ތަކެތި (މެޝިނަރީޒް،ކޮންޒިއުމްބަލްސް،އަދި ރިއެޖެންޓްސް) ރަށްރަށަށް ލިބުމުން ތަކެތިބަލައިގަތުމަށްފަހު ފުރިހަމަކުރާ ރިސީވިންގ ފޯރމް ލިބުނުކަން ޔަޤީންކުރުމާއެކު ބިލްތަކަށްފައިސާ ދެއްކުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުން ފުރިހަމަކުރުމަށް ފަހު ބަޖެޓް ސެކްޝަނަށް ފޮނުވުން.
  6. އަތޮޅުތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކާއި،ޞިއްޙީ މަރުކަޒުތަކުން ޚިދުމަތްދިނުމަށް ބޭނުންވާ މެޝިނަރީޒް،ރިއެޖެންޓްސް، އަދި ކޮންޒިއުމަބްލްސް ތަކެތީގެ ރިކްއިޒިޝަންތަކަށް ހެދޭ ޕަރޗޭސް އޯޑަރތައް އަދި އިންވޮއިސްތައް ފަސޭހައިން ހޯދޭނެ ގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.
  7. އަތޮޅުތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކަށް ފޮނުވޭ ކޮންޓްރޯލް ޑްރަގްސް އަށް ބޭނުން ހުއްދަ ހޯދުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ފޮނުވުމާއި ހުއްދަ ލިބުމުން އެސް.ޓީ.އޯއަށް ފޮނުވުން.
  8. އެކި އެކި ދަތުރުތަކުގެ ދަތުރު ރިޕޯރޓްތަކުގައި ފާހަގަކުރާ ޑިވިޜަންގެ މަސައްކަތާއި ގުޅުންހުރި މައްސަލަތައް އިޞްލާޙުކުރުމަށް އަތޮޅުތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކާއި ޞިއްޙީމަރުކަޒުތަކަށް އެކަންކަން ތަންފީޒު ކުރެވޭ މިންވަރު ބަލާ މޮނީޓަރކުރުން.
  9. އަތޮޅުތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކާއި ޞިއްޙީމަރުކަޒުތަކުން ފޮނުވާ ސިޓީ،މެސެޖް ނުވަތަ މެމޯތަކަށް ޖަވާބުދިނުން.
  10. ޑިވިޜަންގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވާ ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ " ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ www.health.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް     ލިބިފައިވާނަމަ،    އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޫބަރ 2019 ވާ އަންގާރަ ދުވަހުގެ  13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތް ގެ ކައުންޓަރަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10  ލިބޭފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅާނީ3014423   އަށެވެ.

 

07 އޮކްޓޫބަރު 2019
ހޯދާ