މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރަޝިއާ ސަރުކާރުގެ ސްކޮލަރޝިޕް 2019/2020.

 

ރަޝިއާ ސަރުކާރުގެ ސްކޮލަރޝިޕް  2019/2020.

 

RUSSIA.STUDY ގައި ހިމެނޭ ކޯސްތަކުގެ ތެރެއިން މި މިނިސްޓްރީގެ ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނޭ ދާއިރާއެއް.

ކޯހުގެ ދާއިރާ:

* ޖުމްލަ 2 ފުރުޞަތު.

    -  ބެޗެލަރސް ޑިގްރީ

-  މާސްޓަރސް ޑިގްރީ

-  ޕީއެޗްޑީ

ކޯހުގެ ލެވެލް އަދި ޢަދަދު:

ރަޝިއާ

ޤައުމު:

 

ބެޗްލަރސް ޑިގްރީގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.
  2. އިޢުލާނާއެކު ވެބްސައިޓްގައި އަޕްލޯޑްކުރެވިފައިވާ ކޯސްތަކަށް ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީއިން، ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން.
  3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

 

މާސްޓަރސް ޑިގްރީގެ ޝަރުތު:

    ބެޗެލަރސް ޑިގްރީއެއް  ހާސިލުކުރައްވާފައިވުން.

 

ޕީއެޗްޑީގެ ޝަރުތު:

    މާސްޓަރސް ޑިގްރީއެއް  ހާސިލުކުރައްވާފައިވުން.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

4. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • ޕާސްޕޯޓް ކޮޕީ (ޑޭޓާ ޕޭޖް.)
  • §        ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • §        ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.
  • ޚިދުމަތްކުރުމަށް ބޮންޑެއް އޮތްބޭފުޅެއްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް ކިޔެވުމަށް ހަމަޖެހިފައިވަނީ، ރަޝިއާގެ ސަރުކާރު ޔުނިވަރސިޓީއެއްގައެވެ.
  • ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، "ރަޝިއާ ސަރުކާރުގެ ޔުނިވަރސިޓީއެއްގައެވެ.
  • ބެޗެލަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅުއްވާ ދަރިވަރުންގެ ތެރެއިން، އެންމެ މަތިން ޕޮއިންޓް ލިބޭ 1 ދަރިވަރަކަށް ކޯސް ފީ މުޅިން ހިލޭ ވާނެއެވެ. އަދި މާސްޓަރސް ޑިގްރީ ނުވަތަ ޕީ.އެޗް.ޑީއަށް އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން ސީ.ޖީ.ޕީ އޭ އެންމެ މަތިން ޕޮއިންޓް ލިބޭ  ދަރިވަރަކަށް ކޯސް ފީ މުޅިން ހިލޭ ވާނެއެވެ. ކޯހުގެ ބާކީ ޚަރަދުތައް ހަމަޖައްސަވަން ވާނީ ދަރިވަރު އަމިއްލައަށެވެ.
  • ބެޗެލަރސް ޑިގްރީއަށް ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.
  • ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަކަށް އެދިވަޑައިގަންނަވާ އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓް ތަރުތީބުކުރުމަށް ދެން ބަލާނީ އެބޭފުޅުން އެންމެފަހުން ހާސިލުކުރެއްވި ޑިގްރީއަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވާ މުއްދަތަށެވެ.
  • މި ސްކީމްގެ ދަށުން ފުރުޞަތު ލިބިފައިވާ ކޯސްތަކާއި، ކޯހުގެ ފީ އެގޭނެ މަޢުލޫމާތު ޝީޓް  މިއިޢުލާނާއިއެކު އެޓޭޗްކޮށްފައިވާނެއެވެ.
  • އުސޫލެއްގެ ގޮތުން މި 2 ފުރުޞަތު ބަހާލެވޭނީ ބެޗްލަރސް ޑިގްރީއަށް 1، މާސްޓާރސް ޑިގްރީ އަދި ޕީއެޗްޑީ އަށް 1 ފުރުޞަތަށެވެ. ނަމަވެސް އެއް ފެންވަރަކަށް (ބެޗެލަރސް ޑިގްރީ) ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ކެންޑިޑޭޓުން ހުށަހަޅުއްވައިފިނަމަ، އެ ފެންވަރުން ބާކީވާޖާގަ އަނެއް ފެންވަރަށް (މާސްޓަރސް ޑިގްރީ/ ޕީ.އެޗް.ޑީ) އިތުރު ކުރެވޭނެއެވެ.
  • ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.
  • އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
    • ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.
    • މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓަކަށް ހޯދައެއްނުދެވޭނެއެވެ.
    • ކޯސް ފުރިހަމަކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
    • ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.
    • ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.
    • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.
    • "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.
    • މި ސްކީމަށް ނޮމިނޭޓްވާކަން މި މިނިސްޓްރީއިން އެންގުމުން، "RUSSIA.STUDY" މި އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލައިކޮށްފައިވާ އެޕްލިކޭޝަންގެ ރަޖިސްޓްރީ ނަންބަރ މި މިނިސްޓްރީއާއި ހިއްސާކުރަންވާނެއެވެ.
      • އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.
      • ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ކެންޑިޑޭޓުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ހުށަހަޅުއްވަންވާނީ އެންމެ އެޕްލިކޭޝަން އެކެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2019  އޮކްޓޯބަރ 8  ވާ އަންގާރަ ދުވަހުގެ 10.00 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު www.mohe.gov.mv އިންނާއި 3413833 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

 

06 އޮކްޓޫބަރު 2019
ހޯދާ