މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދާރުލްއީމާން ބިލްޑިންގގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ދާރުލްއީމާން ބިލްޑިންގގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް:

 

         މިމިނިސްޓްރީން ދޭ މަޢުލޫމާތާއި އެއްގޮތަށް ދާރުލްއީމާން ބިލްޑިންގގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ،  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީއަށް ޙާޟިރުވެ ބިޑްހުށަހެޅުއްވުމަށް ރެޖިސްޓަރ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

04 އޮކްޓޯބަރ 2019 އިން 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:45 އާއި ހަމައަށް

މަޢުލޫމާތު ސެޝަން

މިނިސްޓްރީ ގެ މީޓިންގ ރޫމް 01

10 އޮކްޓޯބަރ 2019 ގެ 13:30

ބިޑް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގ ރޫމް 01

17 އޮކްޓޯބަރ 2019 ގެ 11:00

        މި މިނިސްޓްރީގެ ރިސެޕްޝަން ހުޅުވިފައި ހުންނާނީ ހެނދުނު 08:00 ން މެންދުރު 14:00 އަށެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

        އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020239 ފޯނަށެވެ.

 

                                             03 ޞަފަރު 1441

03 އޮކްޓޫބަރު 2019
ހޯދާ