މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މަޤާމު

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު

J-283264

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޜަން / ސެކްޝަން

ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތް/ ޕްރޮޖެކްޓްސް މޮނިޓަރިންގ ޔުނިޓް

މުސާރަ

4465/- ރުފިޔާ

ސަރވިސް އެލަވަންސް

1500/- ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސަޕޯޓިންގ ކޯ އެލަވަންސްގެ 2 ގެ ގޮތުގައި މަހަކު -/700.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން  ރިސްކް އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބައިނަލްއަޤްވާމީ ޖަމިއްޔާ / ޖަމާޢަތްތަކުގެ އެހީގައި ހިންގާ ޞިއްޙީދާއިރާގެ ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި މޮނިޓަރކޮށް، ކަމާގުޅޭ ފަރާތްތަކަށް އަޕްޑޭޓް ދިނުމާއި، މިފަދަ ޕްރޮޖެކްޓްތަކާއިގުޅިގެން ލިޔެކިއުންތައް ބެލެހެއްޓުން
  2. އ.ދ ގެ ޖަމްއިއްޔާތަކުން (ޔުނިސެފް، ޔޫ.އެން.އެފް.ޕީ.އޭ، ޔޫ.އެން.ޑީ.ޕީ ފަދަ) ހިންގާ މިނިސްޓްރީއާއި ގުޅުންހުރި ޕްރޮގްރާމްތައް ތަންފީޒް ކުރުމުގެ ކަންތައް ރާވާ ބަޖެޓް އަޕްޑޭޓްސް ބަލަހައްޓާ ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ބައްދަލުވުންތައް ބާއްވާ ވިލަރެސް ކުރުން.
  3. މިނިސްޓްރީ އާއި ގުޅުންހުރި ދާއިރާތަކުގެ ޙަރަކާތްތައް ހިންގުމަށް އ.ދ ގެ ޖަމްޢިއްޔާތަކުންނާއި އެހެންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ޕްރޮގްރާމް/ޕްރޮޖެކްޓްތަކުގެ މިޑްޓަރމް އަދި އެނުއަލް ރިވިއު ބައްދަލުވުންތައް ބޭއްވުން.
  4. ދާއިރާގެ އިންޓަރނޭޝަނަލް ޕްރޮޖެކްޓްތަކުގެ އަޕްޑޭޓްތައް ސީނިއަރ މެނޭޖްމަންޓް ޓީމާއި އެކު ވުޒާރާތަކަށް ފޮނުވުން.
  5. ޞިއްޙީ ދާއިރާއަށް ބޭރުގެ އެހީގައި ލިބޭ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ކަމާގުޅޭ ޑިޕާޓްމަންޓް/ޑިވިޜަނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރުން.
  6. ސެކްޓަރގެ އިންޓަރނޭޝަނަލް ޕްރޮޖެކްޓް / ޕްރޮގްރާމްސް / ރިސޯސް މޮބިލައިޒޭޝަންގެ މަސައްކަތް ތަކާ ގުޅޭ ގޮތުން ރާއްޖެ ވަޑައިގަންނަވާ ބޭރުގެ ވަފުދު ތަކުގެ މަސައްކަތްތައް ރާވާ ވިލަރެސް ކުރުން.
  7. ސެކްޓަރގެ ބައިނަލްއަގްވާމީ ޕްރޮޖެކްޓްސް ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާ ތަކަށް ޤަވާޢިދުން ރިޕޯރޓް ކޮށް މަސައްކަތް ވިލަރެސް ކުރުން.
  8. ދޭދޭ ގައުމުތަކާއެކު ބޭއްވޭ ބައިލޭޓްރަލް ބައްދަލުވުންތަކަށްފަހު ކުރަންޖެހޭ ފޮލޯއަޕް މަސައްކަތްތައްކުރުން.
  9. ސިއްޙީދާއިރާއަށް ބައިނަލް އަޤްވާމީ އެކި ފަރާތަކުންނާއި ގައުމުތަކުން ދެއްވާ އެހީއާ ގުޅިގެން އެކުލަވާލާ އެގްރީމަންޓްތަކާއި އެމްއޯޔޫ ފަދަ ރަސްމީ ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް/ޑިވިޜަންތަކާއެކު ވިލަރެސްކުރުން.
  10. ޑިވިޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އޮފީސް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވާ ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ " ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ www.health.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު             ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް      ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޫބަރ 2019 ވާ ބުރާސްފަތި ދުވަހުގެ  13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތް ގެ ކައުންޓަރަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10  ލިބޭފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅާނީ3014423   އަށެވެ.

 

03 އޮކްޓޫބަރު 2019
ހޯދާ