މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އަލަށް ޢިމާރާތްކުރާ ވަޤުފް ޢިމާރާތުގެ ކުރެހުންތައް ކުރަހަނެ ފަރާތެއް ހޯދުން

އިޢުލާން

ކީރިތި ޤުރުއާނާބެހޭ ޤަޢުމީ މަރުކަޒުހުރި ބިމުގައި އަޅާ ވަޤުފް ޢިމާރާތުގެ ކުރެހުންތައް ކުރަހާނެ ފަރާތެއް ހޯދުން

 

         ކީރިތި ޤުރުއާނާބެހޭ ޤަޢުމީ މަރުކަޒު މިހާރު ހުރި ބިމުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ވަޤުފް ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިން، ބީ.އޯ.ކިއު އަދި ކުރެހުންތައް މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ކުރަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ،  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީއަށް ޙާޟިރުވެ ބިޑްހުށަހެޅުއްވުމަށް ރެޖިސްޓަރ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

03 އޮކްޓޯބަރ 2019 އިން 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 13:45 އާއި ހަމައަށް

މަޢުލޫމާތު ސެޝަން

މިނިސްޓްރީ ގެ މީޓިންގ ރޫމް 01

08 އޮކްޓޯބަރ 2019 ގެ 13:30

ބިޑް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގ ރޫމް 01

15 އޮކްޓޯބަރ 2019 ގެ 10:00

        މި މިނިސްޓްރީގެ ރިސެޕްޝަން ހުޅުވިފައި ހުންނާނީ ހެނދުނު 08:00 ން މެންދުރު 14:00 އަށެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

        އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020239 ފޯނަށެވެ.

 

03 ޞަފަރު 1441

02 އޮކްޓޫބަރު 2019
ހޯދާ