ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ވައިސް ޗާންސަލަރ – އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

ވަޒީފާގެ ފުރުޞަތު

މަޤާމް:                  ޑެޕިއުޓީ ވައިސް ޗާންސަލަރ – އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

ބޭނުންވާ ޢަދަދު:             1

މަޤާމުގެ މުއްދަތު:            ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   

  • މުސާރަ:             20,000 ރުފިޔާ
  • ލިވިންގ އެލަވަންސް:     15,000 ރުފިޔާ
  • ފޯން އެލަވަންސް މަހަކު:   500 ރުފިޔާ

ތަޢުލީމާ ތަޖުރިބާގެ ޝަރުޠުތައް:

  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް  9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛
  • ސަރުކާރުގެ، ނުވަތަ ޔުނިވަރސިޓީ ޤަބޫލުކުރާ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ނުވަތަ ކޮލެޖެއްގެ ނުވަތަ ޔުނިވަރސިޓީއެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ޓާރމިނަލް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ ބައެއް ޝަރުޠުތައް:

  • މަޤާމުގައި ހުންނަ މީހަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ޔުނިވަރސިޓީ މަޖިލިހުގެ ހުއްދަ ލިބިގެންނެވެ.
  • ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޔުނިވަރސިޓީގެ ޤަވާޢިދުތަކާއި އަމަލު ކުރަންޖެހޭ އެހެނިހެން  ޤަވާޢިދުތަކާއި އުސޫލުތައް އަންގައިދީ، އެޤަވާޢިދުތަކާއި ޔުނިވަރސިޓީގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތް ބައްޓަންކޮށް،  މުވައްޒަފުންގެ  މަސައްކަތް ޤަވާއިދުން ސްޕަވައިޒް ކުރުން.
  • މުވައްޒަފުންގެ ޕާޕޯމަންސް އެޕްރެއިޒަލްގެ އެންމެހައި ކަންކަން ރާވަ ހިންގުން.
  • މުވައްޒަފުން ތަމްރީން ކުރުމަށް އެކަށައެޅޭ ޕްރޮގޮރާމްތަކާ އެއްގޮތަށް އެކަންކަން ބަލަހައްޓާ ހިންގުން.
  • މުވައްޒަފުން މަސައްކަތް ކުރުމުގައި ދިމާވާ އެކިކަހަލަ މައްސަލަތަކާއި ދަތިތައް ހައްލުކުރުން.
  • ޔުނިވަރސިޓީގެ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރު ކުރުން.
  • ޔުނިވަރސިޓީގެ ފައިނޭންސަލް ޕޮލިސީ އެކުލަވާލުމުގެ އެންމެހާ މަސައްކަތް ތައްކުރުން.
  • މާލިއްޔަތާއި ފައިސާއާއި ގުޅުންހުރި ކަންކަންކަމުގައި ޔުނިވަރސިޓީއަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމާއި މިފަދަ ކަންކަމަށް ލަފާ ދިނުން.
  • ޔުނިވަރސިޓީން ހިންގާ މަޝްރޫޢުތަކުގެ ބަޖެޓް އެކުލަވާލުމަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބަޖެޓް ކުރުމުގައި އެހީތެރިވެ ދިނުން.
  • ޔުނިވަރސިޓީގެ ފައިސާއާބެހޭ ބައި ހަރުދަނާކޮށް މުވައްޒަފުން ޒިންމާދާރު ކުރުވުން.
  • ފައިސާގެ މުޢާމަލާތްތަކާ ގުޅޭގޮތުން، ބާއްވަންޖެހޭ ހުރިހާ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ދިމާވާ މައްސަލަތައް ދެފަރާތުން އެއްބަސްވާ ގޮތަކަށް ނިންމޭފަދަ މާހައުލެއް ބިނާކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދެވޭނީ އަދާކުރަމުންދާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 12:00 އަށެވެ. ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށެވެ.
  • އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް ކޮންޕިޓެންސީ ޓެސްޓްއާއި އިންޓަރވިއުކުރުން އޮންނާނީ 15 އޮކްޓޯބަރ 2019 އާއި 30 ނޮވެމްބަރ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި ކޮންޕިޓެންސީ ޓެސްޓްއާއި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެނަމަ އެކަން އަންގާނެ ވާހަކަ ދަންނަވެމެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.
  • ޑެޕިއުޓީ ވައިސް ޗާންސަލަރުންގެ މަޤާމަށް މީހަކު ހޮވުމަށްޓަކައި ކުރިއަށް ގެންދެވޭ މަރުހަލާތަކާއި މަޤާމަށް އައްޔަނުކުރެވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ މާކުސް ޑެޕިއުޓީ ވައިސް ޗާންސަލަރުންގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލުގައި ވާނެއެވެ. މިމަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބްސައިޓް ލިންކް: https://www.ium.edu.mv/gazette/260919/
02 އޮކްޓޫބަރު 2019
ހޯދާ