މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލިޔެ ކިޔުންތައް ބަހައްޓާނެ ގުދަނެއް ހިފުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި 500 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ގުދަނެއް ނުވަތަ ގުދަނަކަށް ބޭނުންކުރެވޭ ފަދަ ތަނެއް ކުއްޔަށް ހިފަން ބޭނުންވެގެން، 2019 ސެޕްޓެމްބަރ 02 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަމްބަރ  (IUL)202-A/1/2019/86 އާއިގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތުގެ ތެރެއިން މިއޮތޯރިޓީ އިން ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް ބިޑްހުށަހަޅުއްވާފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް 03 އޮކްޓޯބަރ 2019 އިން ފެށިގެން މައުލޫމާތުޝީޓް މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00 ގައި މިއޮތޯރިޓީގައެވެ.

ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިދަތުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

 

02 ޞަފަރު 1441

                                                01 އޮކޓޯބަރ 2019    

02 އޮކްޓޫބަރު 2019
ހޯދާ