ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

 

އިޢުލާން

 

 

ނަންބަރ: GS-203/IUL/2019/21

 

ވަޒީފާގެ ފުރުޞަތު

 

ތާރީޚް: 01 އޮކްޓޯބަރ 2019

 

 

މަސައްކަތު

މަޤާމް:

J-116377

މަޤާމުގެ ނަންބަރ:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސް.އެސް 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ހޯނޑެއްދޫ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެޑްމިން

ސެކްޝަން:

3100.00 ރ

މުސާރަ:

1000.00 ރ

ސަރވިސް އެލެވަންސް:

ސަޕޯޓިންގ ކޯރ އެލަވަންސް؛ 1200.00 ރ

އެހެނިހެން އެލަވަންސް:

 

 

އިތުރު ޢިނާޔަތްތައް:

 

1)     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

 

2)     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

3)     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

     

 

މަޤާމުގެ މަސްއޫލިއްޔަތު:

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  • ސްކޫލުގެ ދިޔަ ދޮވި، ފުރާޅު ސާފުކޮށް ރައްކާތެރި ބޯފެން ނެގޭނެ ގޮތެއް ހެދުން.
  • ސްކޫލުގެ ގޯތިތެރޭގައި ހުރި ގަސްތައްކޮށައި ސާފުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ ގޯތިތެރޭގައި ހައްދާފައި ހުރިކާޕެޓްތައް ކޮށައި ރީތިކޮށް ބެލެހެއްޓުން.
  • އެކި އެކި ބޭނުންތަކަށް ސްކޫލަށް ގެންނަ މުދާ ބޯޓުން ބާލައި ސްކޫލަށް ގެނައުން.
  • ފާޚާނާގައި ހުންނަ ، ޝަވަރ، އިސްކުރު، ބޮކި، އަދި އެނޫން އިމާރާތްތަކުގައި ހުންނަ ބޮކި ބަދަލުކުރުމާއި ފަންކާތައް ފޮޅައި ސާފުކުރުން.
  • ޙަވާލު ކުރެވިފައިވާ ކްލާސްތަކުގައިވާ ފަރުނީޗަރުތައް ހިރަފުސް ފޮޅާ ސާފުކޮށް ތަރުތީބު ކުރުން.
  • ދަންފަޅި ނިމުމުން ކްލާސްތަކުގެ އެންމެހައި ކުޑަދޮރުތައް ހުރީ ތަންޑުއެޅުވިފައިކަން ކަށަވަރު ކުރުން އަދި ބޮޑު ދޮރު ލައްޕާފައި ބެހެއްޓުން.
  • ޙަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން ވަގުތުން އިސްވެރިޔަކަށް އެންގުން.

ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން

  • ސްޓާފްރޫމް މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކުރުން.
  • ސްޓާފްރޫމްއާއި ކޮމްޕިޔުޓަރ ލެބް އަދި ލައިބްރަރީގައިވާ ފަރުނީޗަރުތައް މަދުވެގެން ހަފްތާއަކު 02 ފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
  • އޮފީސް ޢިމާރާތާއި ޕްރިންސިޕަލް ކެބިން މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކޮށް މޮޕް ޖެހުން.
  • އޮފީސް ޢިމާރާތުގައާއި ޕްރިންސިޕަލް ކެބިންގައިވާ ފަރުނީޗަރުތައް، މަދުވެގެން ހަފްތާއަކު 02 ފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
  • ސްކޫލުގެ ފާހާނާބަރި ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސްޕަވައިޒަރު އަންގައިފި ޙާލަތެއްގައި އެއެންގި އުސޫލަކުން ސާފުކުރުން.

ސްކޫލުގެ މުވައްޒަފުންނަށް ދާއިރާއާއި ގުޅުންހުރި ކަންކަމުގައި އެހީތެރިވުން

  • މުދައްރިސުންނާއި އިދާރީ މުވައްޒަފުން ސްކޫލާއި ގުޅުންހުރި މަސައްކަތެއްކޮށްދިނުމަށް އެދިއްޖެނަމަ އެއެދުނު ކަމެއް ކޮށްދިނުން. މީގެ ތެރޭގައި ހިމެނެނީ މުދައްރިސުން ދެއްވާ ސްލިޕްކޮޅުތައް ބެހުމާއި، އިދާރީ މުވައްޒަފުން ޙަވާލުކުރާ އިޢުލާންތައް ސްކޫލާއި ރަށުގެ ތަންތަނުގައި ހަރުކުރުން، އަދި އިދާރާއިން އެދިއްޖެ ޙާލަތެއްގައި ބެލެނިވެރިންނަށް އެދޭން ބޭނުންވާ މެސެޖް ރައްދުކޮށްދިނުންފަދަ ކަންކަމެވެ.

އިތުރު ޙަރަކާތްތައް ރާވާ ހިންގުމުގައި އެހީތެރިވުން

  • ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވާ ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ޙާލަތެއްގައި އަމަލީގޮތުން ބައިވެރިވެ އެކަމެއް ކާމިޔާބު ކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުން. އަދި އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ޙަވާލުކުރެވިއްޖެނަމަ އެހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚްގައި ބާއްވާ ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  • ސްކޫލުގައި ފާހަގަ ކުރާދުވަސްތަކާއި މުނާސަބަތުތަކުގައި ޙަވާލުކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށް ނިންމުން.

މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން

  • ޙަވާލުކުރެވިފައިވާ މަސައްކަތެއް ޙަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާއިހުރެ ނިންމުމަށް ޢުޒުރުވެރިވެއްޖެނަމަ އެކަން ކުރިޔާލައި ސްޕަވައިޒަރަށް އަންގައި ސްޕަވައިޒަރުގެ ލަފާގެ މަތިން ދެންކުރިއަށްދާންވީ ކިހިނެއްތޯބަލައި އެގޮތަކަށް އަމަލުކުރުން.
  • ޗުއްޓީ، ސަލާމް އަދި ޢާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު ޙަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ ނިކުންނަތާ ހަފްތާއެއްގެތެރޭގައި އެމަސައްކަތްތައް ނިންމުން.

ބަދަލު އިންތިޒާމް

1-      އޮފީހުގެ އެހެން މުވައްޒަފަކަށް ޙަވާލުކުރެވިފައިވާކަމެއް އެމުވައްޒަފުގެ ބަދަލުގައި ކުރަން ޙަވާލުކުރެވިއްޖެނަމަ އެކަމެއް ކުރަންރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން .

 

 

މަޤާމުގެ ޝަރުޠުތައް:

 

  1. ލިޔަންކިޔަން އެގުން.

 

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1)   މަޢުލޫމާތު ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.  

2)      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3)      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4)      ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5)      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6)      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

7)      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓުފިކެޓުގެ ކޮޕީ.

8)      މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ގދ. ހޯނޑެއްދޫ ސްކޫލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، admin@hoadedhdhooschool.edu.mv އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 އޮކްޓޯބަރ އާއި 17 އޮކްޓޯބަރ 2019 އާއި ދެމެދުގެ ތާރީޚެއްގައި ގދ.ހޯނޑެއްދޫ ސްކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7983089 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ admin@hoadedhdhooschool.edu.mv އަށެވެ.

 

01 އޮކްޓޫބަރު 2019
ހޯދާ