ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިވަގުތު ހުރި މަރާމާތުތަށްކުރަން ބޭނުންވެއްޖެ

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

ގދ. ތިނަދޫ، ދިވެހިރާއްޖެ                         

 

 

 

       ނަންބަރ: 09/ASMH/MSS/IUL/2019

 

އިޢުލާން

 

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިވަގުތު ހުރި މަރާމާތުތަށްކުރަން ބޭނުންވެއްޖެ:

           

ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިވަގުތު ކުރުންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 10 ސެޕްޓެމްބަރ 2019 ގައި ހޮސްޕިޓަލުގެ ނަންބަރު ASMH/MSS/IUL/2019/07 އިޢުލާނާއި ގުޅިގެން ރަޖިސްޓަރ ވެފައިވާ އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވުމާއި ގުޅިގެން މިއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް  ޝައުގުވެރިވާ  ފަރާތްތަކުން 01  އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 03 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން  13:00  އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި  ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތުގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަނަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުންއެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަދި 06 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަނެއް މިހޮސްޕިޓަލް އަދި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ،ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  09 އޮކްޓޯބަރ  2019  ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިހޮސްޕިޓަލް އަދި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

 

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 06 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނު 10:00  ގެ ކުރިން [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.

 

 

02 ޞަފަރު 1441

01 އޮކްޓޯބަރ 2019

 

 

    

 

އަހުމަދު ސައިދު

މެނޭޖަރ

01 އޮކްޓޫބަރު 2019
ހޯދާ