މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެއަރކޮންޑިޝަން މަރާމާތު ކުރުމާއި ބެހޭ

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާލެ ޖަލު،ހެޑް އޮފީސް،ހުޅުމާލެ ޖަލުގައި ހަރުކޮށްފައިވާ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

08 އޮކްޓޯބަރު 2019

އަންގާރަ

12:00

އަންދާސީހިސާބު ހުށަހެޅުން

13 އޮކްޓޯބަރު 2019

އާދީއްތަ

12:00

 

01 އޮކްޓޫބަރު 2019
ހޯދާ