އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ހަވީރުގެ ސައެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މިއަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެއިން ބޭރު ރިސޯޓު މާހައުލެއްގައި ހަވީރުގެ ސައެއް  ތައްޔާރު ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ސެޕްޓެމްބަރ  29 އިން 2019  އޮކްޓޫބަރ  2 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8.00 އިން 17.00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޫބަރ 2 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

4. ބިޑް ހުޅުވުން އޮންނާނީ 2019 އޮކްޓޫބަރ 3 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި މެނޫ މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

7. ނަންނޯޓު ނުކުރާ ފަރާތެއްގެ ބިޑް ބަލަގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

 

30 މުޙައްރަމް     1441

29 ސެޕްޓެންބަރު 2019
ހޯދާ