މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުސަތު

މަޤާމް:

ލޭބަރ އޮފިސަރ

މުއްދަތު:

12 މަސްދުވަސް

ސެކްޝަން/ ޑިވިޝަން

ލޭބަރ އެންޑް އެމްޕްލޮއިމަންޓް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް

ބޭނުންވާ އަދަދު:

15

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

މަޤާމުގެ މަސައްކަތާއި ގުޅޭ  ތައުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުނަރުވެރިކަން:

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ:

- ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

- ވަޒީފާއާއި ގުޅޭ ދާއިރާ " އެޑްމިނިސްޓްރޭޝަން " އިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރު ކުރުމަށް އިމްތިހާން އަދި އިންޓަރވިއުކޮށްގެން

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ އިދާރީ މަސައްކަތާއި މި މިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޮއިމަންޓް ސެކްޝަންގެ އިދާރީ މަސައްކަތް ކުރުން.

މުސާރައާއި އިނާޔަތްތައް: 

އަސާސީ މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

ކުރިލަތިލުމުގެ ސުންގަޑި:

މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 12:00 ގައެވެ. ހުށަހަޅުއްވާ ސިޓީ، ސީ.ވީ، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް (ބޮޑުތަކުރުފާނު މަގު، މާލެ 20125) އެޑްރެސްކުރައްވައި ހަށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސީޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް " ލޭބަރ އޮފިސަރ ލޭބަރ އެންޑް އެމްޕްލޮއިމަންޓް ސެކްޝަން"  މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 ސެޕްޓެންބަރު 2019
ހޯދާ