ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
CAT A FLAT LIST - VAGUTHEE LIST

އިޢުލާން 

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫއިން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ކެޓެގަރީ Aގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ވަގުތީ ލިސްޓް އިޢުލާންކުރުން 

 

ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ޢިމާރާތްކުރެވިފައިވާ 120 ފްލެޓްގެ ކެޓެގަރީ A ފްލެޓްތަކަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް މިއިދާރާއިން ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާއްމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ. އަދި މިލިސްޓް މިއިދާރާގެ ނޯޓިސް ބޯޑްގައި އާއި ދިވެހި ސަރުކާރުގެ ޖެޒެޓް ގެ އިތުރުން މިއިދާރާގެ ބޭނުންކުރަމުންދާ ފޭސްބުކް ޕޭޖުގައި ޝާއިޢުކުރެވިފައިވާނެއެވެ.

ވުމާއެކު، ވަގުތީ ލިސްޓަށް ޕޮއިންޓް ލިބިފައިވާ ގޮތާއިމެދު ، އިތުރަށް ކަމެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި "ގދ. ތިނަދޫ A ކެޓެގަރީގެ ފޯމްތަކާއިގުޅޭ" ޖެއްސެވުމަށްފަހު) މިއިދާރާއަށް 06 އޮކްޓޫބަރ 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.   

ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ ، ވަގުތީ ލިސްޓަށް ހުށަހެޅޭ ޝަކުވާއާ ގުޅިގެން ، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން ، ވަގުތީ ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.                                 

                                               

      

 

29 ސެޕްޓެންބަރު 2019
ހޯދާ